މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާބޯތަކެތިހަދާ ވިއްކުން

މިހާރަކަށް އައިސް ބައެއްފަރާތްތަކުން ޤަވައިދާ ޚިލާފަށް ކާބޯތަކެތިހަދާ ވިއްކަމުން ގެންދާކަން މިއިދާރާއަށްވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ހެދިކާއާއި ހެދިކާގެގޮތުގައި ބެލެވޭ ކާބޯތަކެތި ބައެއް ފިހާރަތަކާއި މަގުމަތީގައި ބަހައްޓައިގެން ވިއްކަމުން ގެންދާކަން ފާހަގަކުރެވެއެވެ.

           އެގިވަޑައިގަންނަވާނޭފަދައިން ކާބޯތަކެތި ހަދާ ވިއްކަންވާނީ ހަމަޖެހިފައިވާ އުސޫލަކުން އެކަމަށް އެކަށީގެންވާ ތަނެއްހަދައިގެން އެކަމަށް ބޭނުންވާ ސާފުތާހިރުކަމުގެ ސެޓްފިކެޓް ހޯދައިގެންނެވެ. ވީމާ، ޤަވައިދާ ޚިލާފަށް ކާބޯތަކެތި ހަދައި ވިއްކުން ހުއްޓާލުމަށް އެންމެހާ ފަރާތްތަކަށް އެންގީމެވެ.

           މިހާރު ފެތުރެމުންދާ ރޯގާތަކާއި ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި ސާފުތާހިރުކަމަކީ ވަރަށް މުހިއްމު ކަމެކެވެ. ވީމާ، އެންމެހާ ފަރާތްތަކުން ސާފުތާހިރުކަމަށް އިސްކަންދީ ރޯގާ ބަލިމަޑުކަމުން ސަލާމަތްވުމަށް އެޅެންހުރި އެންމެހާ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަމެވެ.

04 ފެބުރުވަރީ 2020
ހޯދާ