މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއޮފީހުގެ ބޭނުމަށް މާލެއިން 3 (ތިނެއް) ކޮޓަރީގެ އެޕާރޓްމަންޓެއް ހޯދުމަށް ކުރި ނަންބަރ:  (IUL)94-Q/1/2020/01  އިޢުލާނުގައި މަޢުލޫމާތު ބައްދަލުވުން ބޭއްވުމަށް  ކަނޑައަޅާފައިވާ ދުވަހަކީ (03 ފެބްރުއަރީ 2020) ސަރުކާރު ބަންދު ދުވަހެއް ކަމުގައިވާތީ، މި އިޢުލާނު ބާޠިލުކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 05 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 10:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 12 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 10:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.    

އަންދާސީ ހިސާބު ހުށައެޅޭނީ މައުލޫމާތު ބައްދަލުވުމަށް ހާޒިރުވެ، މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

29 ޖަނަވަރީ 2020
ހޯދާ