ވަޒީފާގެ ފުރުޞަތު
|
ނަންބަރު: MNU-HR/2020/26
|
ތާރީޙް: 23 ޖަނަވަރީ 2020
|
މަޤާމު:
|
މަސައްކަތު
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ކުޅުދުއްފުށި ކެމްޕަސް
|
ގްރޭޑް:
|
01
|
ސްޕައިން ޕޮއިންޓް:
|
01
|
މުސާރަ:
|
މަހަކު 3,549.22 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 1,521.09 ރުފިޔާ
|
އިނާޔަޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަގާމުގެ ޝަރުތު:
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކެމްޕަސް ގޯތިތެރެއިން ހަވާލުކުރެވޭ ސަރަޙައްދު (މަގުވެސް ހިމެނޭގޮތަށް) ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
- ކިޔަވައި ދިނުމަށް ބޭނުންކުރާ ތަންތަނާއި، މަސައްކަތްކުރާ ޖަގަހަތައް ފަދަ އިމާރާތުގައި ހިމެނޭ އެންމެހައި ތަންތަނާއި އަދި އިމާރާތުގައި ހަރުކޮށްފައިވާ ފަންކާއާއި، ބިއްލޫރި އަދި ފަރނީޗަރ ފަދަ ތަކެތި ދެމެހެއްޓެނިވި ގޮތެއްގައި ހިރަފުސް ފޮޅައި ސިއްޙީ ގޮތުން އެކަށީގެންވާ މިންވަރަށް ސާފުކުރުން.
- ހަވާލު ކުރެވިފައިވާ އޮފީހުގެ ކޮޓަރިތައް ސާފުކޮށް ވަށިގަނޑުތަކުގައި ހުންނަ ކުނި އުކައިލުން.
- ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
- ފާޚާނާތަކުގައި ހުންނަންޖެހޭ ޓިޝޫ، ސައިބޯނި ފަދަ ތަކެތި ހަމަޔަށް ހުރޭތޯ ކަށަވަރުކޮށް، ހުންނަންޖެހޭ އެއްޗެއް ނެތްނަމަ އެ އެއްޗެއް ހަމަކުރުން.
- ސާފުކޮށް ބަލަހައްޓަން ޙަވާލުކޮށްފައިވާ ތަނެއްގައި ހަލާކުވެ ބޭނުން ނުކުރެވޭ ފަދަ ގޮތަކަށް އެއްޗެއް ހުރިނަމަ ނުވަތަ ތަން ހަލާކުވެފައި ހުރި ނަމަ، އެކަން ކަމާބެހޭ މުވައްޒަފެއްގެ ސަމާލުކަމަށް ގެނައުން.
- ސައިކޮޓަރި ތެރެއާއި، މޭޒާއި، ގޮނޑިއާއި، ސިންކާއި، ކަބަޑު ފަދަ ތަންތަން ސާފުކޮށް ރީތިކުރުން.
- ސާފުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވާ އާންމުކޮށް މީހުން ނުވަންނަ ތަންތަން ހަފުތާއަކު އެއްފަހަރު ސާފުކުރުން.
- ކްލާސްތައް ބޭއްވުމަށާއި، އިމްތިޙާންތައް ބޭއްވުމަށާއި، ސެމިނަރ ފަދަ ކަންކަން ބޭއްވުމަށް ބޭނުންވާ ތަންތަން ތައްޔާރުކުރުން.
- އިމާރާތްތަކުގައި ކުލަލުމުގެ މަސައްކަތް ހަވާލުކުރެވޭ ގޮތެއްގެ މަތިން ކުރަމުން ގެންދިއުން.
- ހަވާލުކުރާ ސަރަހައްދުގެ ގަސްއިންދާ ބެލެހެއްޓުމާއި ގަސްމުށި ތަކުގައި ގަސްއިންދައި ބެލެހެއްޓުން.
- އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުމާއި އެކު މަސައްކަތްކުރުން.
- މީގެ އިތުރުން ކެމްޕަހުން ހަވާލުކުރާ އެހެނިހެން މުހިއްމު ކަންތައްތައްކުރުމުގައި އެހީތެރިވެދިނުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2020 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ކުޅުދުއްފުށި ކެމްޕަހަށް
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345409 6527761 /ނަންބަރު ފޯނަށެވެ.
|