ދިވެހިރާއްޖެ
ނަމްބަރ: (IUL)297-AD/297/2020/7
އިޢުލާން
ނ.ވެލިދޫ ބަނދަރު ސަރަޙައްދަށް އަޑިއަށް ގޮސްފައިވާ "އަރޯރާ"ބޯޓްނެގުމާއިބެހޭ
ނ.ވެލިދޫ އިރުމަތީ ފަރާތު ބަނދަރުގައި އަޅާފައިވާ "އަރޯރާ" (0515D03)ބޯޓް 25 ޖެނުއަރީ 2018 ވަނަ ދުވަހު އެ ސަރަހައްދަށް އަޑިއަށް ދިއުމާގުޅިގެން، އެ ބޯޓް އެ ސަރަހައްދުން ނެގުމަށް މި އިދާރާއިން ތަފާތު އެތަކެއް މަރުހަލާއެއްގައި މަސައްކަތްކުރެވިފައި ވީނަމަވެސް، ބޯޓުގެ މިލްކުރެވެރިފަރާތެއް މިއަދާ ހަމައަށްވެސް ހޯދިފައިނުވުމާއި، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޟިއްޔާ ނަންބަރ 24/D15C2019 ހުކުމުން ބޯޓު ބަލަހައްޓަމުން ގެންދިޔަ ފަރާތައް ބޯޓު ބަނދަރުން ނަގަން އަންގާނެ ސަރުޢީ ހަމައެއް ނެއްކަމަށް ކަނޑައަޅާފައި ވީހިނދު، ބޯޓު ނުނެގި އެސަރަހައްދުގައި ދިގު މުއްދަތެއްގައި އޮތުމުގެ ސަބަބުން ފަޅު ބޭނުންކުރާ ފަރާތްތަކަށާއި، ފަޅުގެ ވެއްޓައް ގެއްލުންވަމުންދިއުމާއި އެކު، މި ބޯޓު އެސަރަހައްދުން ނެގުމަށް ގޮތެއް ނިންމުމުގެ ގޮތުން މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްކައުންސިލްގެ 3 ވަނަ ދައުރުގެ 1 ވަނަ ކުއްލިބައްދުވުމުން ފާސްކޮށް ފައިވާ ގޮތަށް "ނ.ވެލިދޫ ބަނދަރު ބޭނުންކުރުމާބެހޭ ޢާންމު ގަވާއިދު" ގެ 21. ވަނަ މާއްދާގެ (ހ) ގެ ދަށުން ވެލިދޫ އިރުމަތީ ފަރާތު ބަނދަރު ސަރަހައްދަށް އަޑިއަށް ގޮސްފައިވާ "އަރޯރާ" (0515D03)ބޯޓް ގެ ވެރިފަރާތުން 22 ޖެނުއަރީ 2020 ވަނަ ދުވަހުގެ 00:00 ގެ ކުރިން ބޯޓް އެ ސަރަހައްދުން ނަގާ ނިންމަން އަންގަމެވެ.
މި މުއްދަތުގެ ތެރޭގައި ބޯޓު އެ ސަރަހައްދުން ނުނަގައިފިނަމަ، ނުވަތަ ވެރިފަރާތުން ވެސް އެއްވެސް މުއާމަލާތެއް މި އިދާރާއާއި ކޮށްފައިނުވާނަމަ، "ނ.ވެލިދޫ ބަނދަރު ބޭނުންކުރުމާބެހޭ ޢާންމު ގަވާއިދު" ގެ 21. ވަނަ މާއްދާގެ (ށ) ގެ ދަށުން ބޯޓު ބަނދަރު ސަރަހައްދުން ނަގައި ކައުންސިލުން ކަނޑައަޅައި ތަނަކަށް ގެންދެވޭނެއެވެ. އަދި މިގޮތަށް ގެންދާ ގެންދިއުމުގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލްގެ ފަރާތުން ޒިންމާނުވާނެ ކަމުގައި އަންގަމެވެ.
25 ޖުމާދަލްއޫލާ 1441
20 ޖަނަވަރީ 2020