މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                                                                                                       ނަންބަރު:IUL)MMPRC-PRO/1/2020/3)

އިޢުލާން

2020 ވަނަ އަހަރުގެ މާރިޗު މަހުގެ 04 ން 8 ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބާރލިންގައި އޮންނަ އައި.ޓީ.ބީ ފެއަރގައި ރާއްޖޭގެ ސްޓޭންޑްގައި ދިވެހި ފަންނުވެރިކަން ދައްކުވައިދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)MMPRC-PRO/1/2019/100) އިޢުލާނާއި ގުޅިގެން  އެކަށީގެންވާ އަދަދަށް ޕްރޮޕޯސަލް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.  

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2020 ޖަނަވަރީ 16 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނޭރިޔާގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 ޖަނަވަރީ 20 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                         18 ޖުމާދުލް އޫލާ 1441ހ.

                         13 ޖަނަވަރީ 2020މ

              

13 ޖަނަވަރީ 2020
ހޯދާ