މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ ސްޓޭޝަނަރީސް، ފޮޅާސާފުކުރުމަށް ބޭނުންވާ ތަކެތި އަދި އެހެނިހެން ތަކެތި 1 އަހަރު ދުވަހަށް މި މިނިސްޓްރީއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

 މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ ސްޓޭޝަނަރީސް، ފޮޅާސާފުކުރުމަށް ބޭނުންވާ ތަކެތި އަދި އެހެނިހެން ތަކެތި 1 އަހަރު ދުވަހަށް މި މިނިސްޓްރީއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 07 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުން ފެށިގެން 12 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަދި 13 ޖަނަވަރީ 2020 ވާ ހޯމަ ދުވަހު ހެނދުނުު 09:30 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 13 ޖަނަވަރީ 2020 ވާ ހޯމަ ދުވަހު ހެނދުނުު 09:30 ކުރިން procurement@health.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

11 ޖުމާދަލްއޫލާ 1441

06 ޖަނަވަރީ 2020
ހޯދާ