ދިވެހިރާއްޖެ
ނަމްބަރ: (IUL)297/297/2020/4
އިޢުލާން
ނަހުޒާ ޤުރުއާން ކްލާހަށް މަސައްކަތު މީހަކު ބޭނުންވެއްޖެ
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތްކުރަންޖެހޭ ތަން : ނަހްޒާ / ނ.ވެލިދޫ
މުސާރަ މަހަކު: -/3000 (ތިންހާސް ރުފިޔާ)
ޔުނިޓް: ނ.ވެލިދޫކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް
1- މަޤާމުގެ ޝަރުޠުތައް:
- ލިޔަންކިޔަން، ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.
2- މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
1- ނަހްޒާ ޢިމާރާތުގައި ކިޔަވައިދެމުންދާ ނަހްޒާޤުރުއާން ކްލާހުގެ ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ހެނދުނު 9:00 ގެ ކުރިން މަދުވެގެން 1 (އެކެއް) ފަހަރު ގޯތިތެރެއާއި ގޯތީގެ ދެމަގުމަތި ކުނިކެހުން، އަދި ކިޔެވުންއޮންނަ ކޮންމެދުވަހަކު ކްލާސްތަކާއި އޮފީސްތެރެއާއި ، ފާޚާނާކުނިކަހާ ސާފްކުރުމާއި، ކުނިއުކާލުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ކުނިކޮއްޓަށް ކުނިއުކާލުން.
2- ހަފްތާއަކު 01 ދުވަހު ކްލާސްތަކާއި، އޮފީސްތެރެތަޅުން މޮޕްކޮށް ދޮރާއި ދޮރުފަތުގެ ބިއްލޫރި ސާފްކުރުން.
3- މަހަކު އެއްފަހަރު ފަންކާފުހެ ސާފްކުރުން.
4- ގުރުއާން ކްލާހުގައި ހިންގާ އިތުރުހަރަކާތްތައް ހިންގުމުގައި މުވައްޒަފުންނަށް އެހީތެރިވުން.
5- ޤުރުއާންކްލާސް އޮންނަ ކޮންމެދުވަހަކު 5 ގަޑިއިރު މަސައްކަތުގައި ހޭދަކުރުން.
6- ޤުރުއާން ކްލާސްހިންގާ ފަރާތުން އަންގާގޮތެއްގެ މަތިން މަސައްކަތްކުރުން.
7- ޤުރުއާންކްލާހުގެ ލިޔެކިޔުންތައް ހަވާލުކުރުމަށް އަންގާ ފަރާތަކާ ހަވާލުކުރުން.
8- މަސައްކަތަށް ބޭނުންވާތަކެތި ކޮންމެމަހެއްގެ 05 ގެ ކުރިން ޤުރުއާން ކްލާސްހިންގުމާ ހަވާލުވެ ހުންނަވާ ފަރާތަށް ހުށައެޅުން.
9- ޤުރުއާންކްލާސް ހިންގުމާ ހަވާލުވެ ހުންނަވާ ފަރާތްތަކާއި މަޝްވަރާކޮށްގެން މަސައްކަތްކުރަމުން ގެންދިއުން.
10- މީގެއިތުރުން ވަޒީފާއާއިގުޅޭގޮތުން ޤުރުއާންކްލާހުން ހަވާލުކުރާކަންކަންކުރުން.
3- ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް
މަސައްކަތުގެ ދާއިރާއިން/ ލިބިފައިވާ ހުނަރު / ތަޖުރިބާ
- މަސައްކަތްކުރަންދަންނަ މިންވަރު
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
- މިމަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ޖެނުއަރީ 2020 ން 23 ޖެނުއަރީ 2020 އާއި ދެމެދު ދުވަހެއްގައި ވެލިދޫކައުންސިލްގެ އިދާރާގައެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 14 ޖެނުއަރީ 2020 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.
.3 ވަޒީފާއަށް އެދޭ ފަރާތަށްލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010،6560056 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ.