ދިވެހިރާއްޖެ
ނަމްބަރ: (IUL)297/297/2020/2
އިޢުލާން
- · ވަޒީފާގެ ފުރުޞަތު
މަޤާމް : އެޑްމިނިސްޓްރޭޓިވް އޮފިސަރ ބޭނުންވާ އަދަދު : 01
މަސައްކަތްކުރަންޖެހޭ ތަން : ނ ވެލިދޫ ނަހްޒާ ޤުރުއާން ކްލާސް މުސާރަ މަހަކު: -/3500
މަޤާމުގެ ގިންތި: ކޮންޓްރެކްޓް އެމްޕްލޯއިމަންޓް
ވަޒީފާ އަދާކުރަންޖެހޭ މުއްދަތު: 12 މަސްދުވަސް
ޔުނިޓް: އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް
މަޤާމުގެ ފެންވަރ/ ޝަރުތު :
ސާނަވީ ނުވަތަ އެއާއެއްފެންވަރު އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި ކޮމްޕިއުޓަރ ސެޓްފިކެޓް ނުވަތަ ކޮމްޕިއުޓަރ މަސައްކަތް ދަންނަކަމުގެ ރަސްމީ އިދާރާއަކުން ދީފައިވާ ލިޔުން ހާސިލްކޮށްފައިވުން
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ސްކޫލަށް ބަރާބަރަށް ހާޟިރުވުން.
- ސްކޫލް ހުޅުވަން ކަނޑައެޅިފައިވާ ގަޑިއަށް ހުޅުވުމާއި ކިޔަވައިދޭ ކްލާސްތައް ރަނގަޅަށް ސާފްކުރެވިފައިވާކަން ޔަޤީންކުރުން.
- ސްކޫލްގެ އެންމެހާ ބެލެނިވެރިންނާއި، ސްކޫލަށް އެކިކަންކަމުގައި އަންނަ ފަރާތްތަކާއި މަޑުމައިތިރިކަމާއި އިހުތިރާމާއިއެކު ވާހަކަ ދެއްކުން.
- ސްކޫލަށް ޙާޟިރުނުވެވޭވަރުގެ ކަމެއް ދިމާވެއްޖެނަމަ އިސްކޮށް ހުންނަވާ ވެރިއަކަށް އެދުވަހު ކުރަންހުރި މަސައްކަތް އެންގުން.
- އެދުވަހަކު ހާޟިރުވާންޖެހޭ ޓީޗަރަކު ހާޟިރުނުވެވިއްޖެނަމަ ދެންތިބި ޓީޗަރުންނާއި ވާހަކަ ދައްކާ ސްކޫލަށް ދަތިނުވާނެ ގޮތެއްގެ މަތިން ހާޟިރީ ރޭވުން.
- ސްކޫލުން ހިންގާ އިތުރު ހަރަކާތްތަކަށް ސްކޫލް ހުޅުވަން ޖެހިއްޖެނަމަ ސްކޫލް ހުޅުވުމާއި، އެހަރަކާތް ނިމުމުން ސްކޫލް ލެއްޕުން.
- ސްކޫލްގެ އޮފީހުގައި ކުރަން ހުންނަ މަސައްކަތްތައް ނޯޓްކޮށް ދުވަހުން ދުވަހަށް ވެރިންނަށް އަންގަންޖެހޭ މަޢުލޫމާތު އެންގުން.
- ސްކޫލްގެ މަސައްކަތު މީހުން ކުރަންޖެހޭ އެންމެހާ ކަންކަން އެމީހުން ލައްވާ ކުރުވުމާއި، ކުރެވިފައިވާ މަސައްކަތް ކުރެވިފައިވަނީ ރަނގަޅަށްތޯބެލުން.
- ދަރިވަރުން ސްކޫލަށް ވެއްދުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުން. މިގޮތުން އިސްވެރިޔާގެ ލަފާގެ މަތިން ދަރިވަރުންގެ ކްލާހާއި، އާންޓީ އަދި ގެންނަންޖެހޭ ގަޑިއާއި ޔުނިފޯމް ނަމޫނާ، ފޮތް ލިސްޓް ދަރިވަރުންގެ ބެލެނިވެރިންނަށް ދިނުން،
10. އަލަށް ކުދިން ވެއްދުމުން އެކަން ކްލާސް ރަޖިސްޓަރީއަށް އެރުވުމާއި ކްލާސް ޓީޗަރ ބޭނުންވާ މަޢުލޫމާތު ކުލާސް ޓީޗަރަށް ދިނުން.
11. އަލަށް ވަންނަ ދަރިވަރުން ސްކޫލަށް ގެނެއުމުން ދަރިވަރުން ކްލާސް ޓީޗަރާއި ހަވާލުކުރުން.
12. ދަރިވަރުންގެ އެޑްމިޝަން ރެކޯޑްތައް ސޮޕްޓް އަދި ހާޑް ކޮޕީތައް ބަރާބަރަށް ފައިލްކޮށް ބެލެހެއްޓުން.
13. ދަރިވަރުންގެ ރަޖިސްޓަރ ޤަވާއިދުން ލިޔެ ބެލެހެއްޓުން.
14. ދަރިވަރުންގެ ހާޟިރީ ކޮންމެ މަހެއްގެ އެންމެފަހު ކިޔަވައިދޭ ދުވަހު ސެކްސަންގެ ރެޖިސްޓަރ މާރކްކުރުމުން ކުލާހުން ނަގާ އެމަހު ހާޟިރުވާންޖެހޭ ދަރިވަރުންގެ ތެރެއިން ޤަވާއިދުން ހާޟިރުނުވާ ދަރިވަރުންގެ ލިސްޓެއް ހަދާ އިސްވެރިޔާއަށް ހުށަހެޅުން.
15. ކްލަސްޓީޗަރާއި، އިސްވެރިޔާގެ އިރުޝާދުގެ މަތިން ސްކޫލަށް ހާޟިރުނުވާ ކުދިން ސްކޫލަށް ނާންނަ ސަބަބު ހޯދުމަށް ބެލެނިވެރިޔާއާއި ގުޅުން ނުވަތަ ހާޟިރުކުރުން.
16. ސްކޫލްގެ ހަރަކާތަކާއި ގުޅިގެން ސްކޫލަށް ނަގަންޖެހޭ ފައިސާއެއްވާނަމަ އެފައިސާ ނެގުން.
17. ސްކޫލުން ވަކިވާން ބޭނުން ދަރިވަރުންގެ ލީވިން ސެޓްފިކެޓް ހެދުން މިކަމަށް ބޭނުންވާ މަޢުލޫމާތު ހޯދާނީ ކްލާސް ޓީޗަރާއި ވާހަކަ ދައްކައިގެންނާއި އޮފީހުގެ ހުރި މަޢުލޫމާތުންނެވެ.
18. ހުރިހާ މުވައްޒަފުން ގަޑިއަށް އާދޭތޯ ބަލާ، ރަޖިސްޓްރީ ( ހާޟިރީ ) ގައި ސޮއިކުރުވުން އަދި ގަޑި ބަލާ އައި ގަޑި ލިޔުން.
19. މަހުގެ މަސައްކަތްކުރާ އެންމެ ފަހު ދުވަހު ސްކޫލްގެ މުވައްޒަފުން ސްކޫލަށް ޚާޟިރުވުމުން މަހުގެ ގަޑީ ލާރި ރިޕޯޓާއި، މުސާރަ އަދި ހާޟިރީ ރިޕޯޓް ހަދާ ދުވަހަށް ނިންމާ ކައުންސިލް އިދާރާއަށް ހުށަހެޅުން.
20. ސަރުކާރުގެ ފަރާތްތަކަށް ނުވަތަ އެހެންވެސް އޮފީސްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ލިޔެ ސޮއިކުރުވާ ފޮނުވުން.
21. މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އިސްވެރިޔާގެ އިރުޝާދުގެ މަތީން ލިޔެ ޤަވާއިދުން ސޮއިކުރުވުން.
22. ހުރިހާ މުވައްޒަފުންގެ ޕާރސަނަލް ފައިލް ހަދާ އެފައިލްތައް މެއިންޓެއިންކުރުން.
23. ސްކޫލަށް ލިބޭ އަދި ފޮނުވާ އެންމެހާ ލިޔެކިޔުންތައް ބަރާބަރަށް ފައިލްކޮށް ބެލެހެއްޓުން.
24. ދުވަހު ޔަޢުމިއްޔާ ލިޔުން. ( މިޔައުމިއްޔާ ލިޔާނީ ޔައުމިއްޔާއަށް އަރުވާފަދަ ކަމެއްވިތޯ އިސްވެރިޔާއާއި، ޓީޗަރުން ގާތު އަހައިގެންނެވެ. )
25. އިސްވެރިޔާގެ އިރުޝާދުގެ މަތިން ޕީ.ޓީ.އޭ މީޓިންގ ރޭވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
26. ސްކޫލަށް ދަތިނުވާނެ ގޮތެއްގެމަތިން ސްކޫލަށް ހޯދަންޖެހޭ ތަކެތި ހޯދުން. މިގޮތުން ސާފްކުރުމަށް ބޭނުންވާ ސާމާނާއި، ކިޔަވައި ދިނުމަށާއި، ލިޔެކިޔުމަށް ބޭނުންވާ ތަކެތި ހުސްވިޔަނުދީ އިސްވެރިޔާއާއި މަޝްވަރާކޮށް ކައުންސިލް އިދާރާއަށް ހުށަހަޅައިގެން ހޯދުން.
27. ސްކޫލްގެ އިންވެންޓްރީ ބެލެހެއްޓުން. އަދި އިންވެންޓްރީގައިވާ ހުރިހާ މުދަލެއް ހުރިގޮތް ޤަވާއިދުން ބަލާ ހުރި ތަނާއި މުދާ ރައްކާތެރިކޮށް ބެލެހެއްޓުން.
28. ސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ ތަކެތި ޓީޗަރުންނާއި އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޕްރިންޓްކުރުން ފަދަ ކަންތައްތައް ކުރުން.
29. ސްކޫލް އޮފީހުގަ ހުންނަ ޕޮޓޯކޮޕީ މެޝިން އަދި އެހެނިހެން އާލާތް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
މީހުންހޮވުމުގައި ބަލާނެކަންތައްތައް :
- ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ ތައުލީމާއި ތަމްރީން
- މަސައްކަތުގެ ތަޖްރިބާ
- މަސައްކަތުގެ ހުނަރު
- އިންޓަވިއު އަދި ޕްރެކްޓިކަލް
އިންޓަވިއުކުރުމަށް ކަނޑައަޅާ މުއްދަތާއި ތަން :
މިމަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެކްޓިކަލްއާއި އިމްތިހާނުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ޖެނުއަރީ 2020 ން 23 ޖެނުއަރީ 2020 އާއިދެމެދު ދުވަހެއްގައެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައި އޮތީ ވެލިދޫ ކައުންސިލް އިދާރާގައެވެ.
ހުށައަޅަންޖެހޭ ލިޔުންތައް :
1- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭފޯމް
2- ލިބިފައިވާ ސަނަދު ނުވަތަ ސެޓްފިކެޓްތައް މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން އެކްރެޑިޓްކޮށް ފެންވަރު ބަލާ ތައްގަޑު ޖަހާފައިވާ (އަސްލާއެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަޞްލު)
3- ވަޒީފާއެއްގައި އުޅުއްވާނަމަ ވަޒީފާއަދާ ކުރެއްވި އިދާރާއަކުން އަދާކުރެއްވި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުންތައް (އަސްލާއި އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު )
4- އައި ޑީ ކާޑުގެ ކޮޕީ ( އަސްލާއި އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު )
5- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވި)
6- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމްއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިއުތިރާޟްއެއް ނެތްކަމަށް އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
އުޖޫރައާ އިނާޔަތް:
ކައުންސިލް އިދާރާއިން ހަމަޖައްސާ އުޞޫލާއެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.
ވަޒިފާއަށް އެދި ހުށައެޅުމުގެ ސުންގަޑި :
މިވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށް ފަހު ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތަކާއެކު 14 ޖެނުއަރީ 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
އިތުރު މައުލޫމާތު :
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560010، 6560056 ނަންބަރު ފޯނާއެވެ. އީ- މެއިލް ކުރާނީ [email protected] އަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.