މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ

ނަމްބަރ: (IUL)297/297/2020/1 

 

އިޢުލާން

ޕްރީސްކޫލްޓީޗަރުން ހޯދުމަށް

މަޤާމް:                         ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު:                   03 (ތިނެއް)

މަސައްކަތްކުރަންޖެހޭ ތަން :        ނ. ވެލިދޫ ނަހްޒާ ޕްރީސްކޫލް        

ގިންތި:                         ކޮންޓްރެކްޓް ( 12 މަސް )

ޔުނިޓް:                      ނ.ވެލިދޫ ކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް     ސަރވިސް

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

-          ނާސަރީ ބޭބީ ނާސަރީ  ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކިޔަވައިދިނުމާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

ޝަރުތު:

 

މަޤާމު

ޝަރުތު

މުސާރަ

ޕްރީސްކޫލް ޓީޗަރ

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ސެޓިފިކެޓް 2 ލެވެލްގެ ސަނަދެއްހާސިލްކޮށްފައިވުން

4000/-

 

 

-         ކިޔަވައި ދިނުމުގެ ދާއިރާކަމަށް ބެލެވޭނީ ޕްރީސްކޫލް ޓީޗިން ހަދާފައިވާ ފަރާތްތަކެވެ.

-         މަތީގައިވާ ޝަރުތުތައް ހަމަވާ ޓީޗަރަކު ނުލިބިއްޖެނަމަ ސިވިލް ސަރވިސްގެ އިދާރީ މަޤާމުތަކުގެ އޮނިގަނޑުގެ ވަޒިފާއަށް މީހުން އައްޔަންކުރުމުގައި، ޖީ.އެސް 3 ނުވަތަ ޖީ.އެސް 4 ޝަރުތުހަމަވާ ފަރާތްތައް ގުނޭނެއެވެ.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

-             ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

-           މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް

 

 

 

 

އިންޓަރވިއު ކުރުން

 

ހ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަވިއުކުރުން ނ.ވެލިދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އިންޓަވިއު ކުރިއަށްގެންދެވޭނީ، 14 ޖެނުއަރީ 2020 ން 23 ޖެނުއަރީ 2020 އާއިދެމެދު ދުވަހެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

ހ-ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ވަޒީފާއަށް އެދި ހުށައަޅާ ފޯމް (ފޯމް މިއިދާރާ އިން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ތަކެތި ހުށަހަޅުއްވާނީ މިކައުންސިލް ގެ އިދާރާ އަށެވެ.

-      ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 13 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން

 

ނޯޓް:

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނ.ވެލިދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 6560010 ފޯނަށް ގުޅުއްވުން އެދެމެވެ.

 

މަޤާމްތަކަށް މީހުން ހަމަޖެއްސުމަށް މާރކްސް ދޭނެގޮތް:

 

         މަޤާމުގެ ޝަރުތު ފުރިހަމަވާ ފަރާތްތަކެއް ވާނަމަ މާރކްސް ދެއްވާނީ ފަންނީ މަޤާމުތަކަށް މީހުން ހޮވުމުގެ އުޞޫލުގައިވާ ގޮތުގެމަތިން އެ އުޞޫލުގައިވާ ފޯމު ބޭނުންކޮށްގެންނެވެގެންނެވެ.

 

 

 

         މަޤާމުގެ ޝަރުތު ހަމަވާ ފަރާތްތައް ނުލިބިގެން އިޢުލާނުގެ ޖީ.އެސް 3 ގެ ނުވަތަ 4 ގެ މަޤާމަށް މީހުން ހަމަޖައްސާނަމަ ޕޮއިންޓްދޭނީ އިދާރީ މަޤާމުތަކަށް ޕޮއިންޓްދިނުމަށް ބޭނުންކުރާ އޭ 2 ފޯމު ( ޖީ.އެސް 1 އިން އެމް.އެސް 2 އަށް) އެވެ.

 

އިތުރު މައުލޫމާތު :  

         މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560010، 6560056 ނަންބަރު ފޯނާއެވެ. އީ- މެއިލް ކުރާނީ [email protected]  އަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

05 ޖަނަވަރީ 2020
ހޯދާ