ދިވެހިރާއްޖެ
ނަންބަރު:(IUL)421/421/2019/24
| 
 އިޢުލާން  | 
ގދ.ވާދޫއިން ދިރިއުޅުމަށްޓަކާ ބަންޑާރަ ގޯތި ދޫކުރުން
މިރަށު ހުޅަނގުފަރާތު ސަހަރާ މަގުންނާއި،އިރުމަތީ ފަރާތު ފަޑިއަތްތަކުރުމަގުން 3000 އަކަފޫޓުގެ 50 ގޯތި ދިނުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ،ދިރިއުޅުމަށްޓަކާ ބަންޑާރަގޯތި ބޭނުންވާފަރާތްތަކުން 2020 ވަނައަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން ގޯއްޗަށްއެދި ހުށަހަޅާފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިކައުންސިލަށް ހުށަހެޅުއްވުންއެދެމެވެ. ގޯއްޗަށްއެދި ހުށަހަޅާފޯމް މިއިދާރާގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމުގައި ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
- ގޯއްޗަށް އެދޭމީހާގެ ހުންނަންޖެހޭ ޝަރުޠުތައް:
 
- ދިވެހިރައްޔިތެއް ކަމުގައިވުން.
 - ޢުމުރުން 18 ފުރިފައިވާ މީހަކު ކަމުގައިވުން.
 - ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހާގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން.
 - އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނުވުން. ނުވަތަ ލިބިފައިވާ މިފަދަބައެއް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާއިދުގައިވާ ގޮތުގެމަތިން ދޫކޮށްލުމަށް އެއްބަސްވުން.
 - އެއްމެދު ޢިމާރާތް ނުވަތަ ފްލެޓް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނުވުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ،މިފަދަ ތަންތަން ދޫކޮށްލައި ނުވަތަ ވިއްކާފައިވާތާ 02 އަހަރު ދުވަހަށްވުރެ ގިނަދުވަސްވެފައިވުން.
 - ގޯއްޗަށް އެދޭފަރާތުގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއްލިބިފައިނުވުން.
 - ގޯއްޗަށް އެދޭ މީހާގެ މައިންބަފައިންގެ ތަރިކައިން އެއްވެސް މިންވަރެއް ލިބޭނަމަ އެ ލިބޭ ބައެއްދޫކޮށްލުމަށް އެއްބަސްވުން.
 
1441 E 04
30 ޑިސެމްބަރ 2019
މުޙައްމަދު ވަޙީދު
ކައުންސިލްގެ ރައީސް
