މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ތަމްރީނާއި އުނގެނުމުގެ ފުރުޞަތު

  ކޯސް:

(Air Wing) Cadets For Training

ޖާގައިގެ ޢަދަދު:

01

އިންސްޓިޓިއުޓް / ޤައުމު :

ބަންގްލަދޭޝް އެއަރފޯސް އެކަޑަމީ، ބަންގްލަދޭޝް

މުއްދަތު :

ޖަނަވަރީ 2020 އިން ޖަނަވަރީ 2024 އަށް

ޝަރުތު:

1-      އޭލެވެލް 3 މާއްދާއިން ފާސްވެފައިވުން (ދިވެހި އިސްލާމް ނުހިމަނާ) ނުވަތަ ޑިގްރީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުން.

2-      10 ޑިސެންބަރު 2019 ގެ ނިޔަލަށް އުމުރުން 22 އަހަރު ނުފުރޭ މީހެއްކަމުގައިވުން.

3-      ޒަވާޖީ ހަޔާތެއް ފަށާފައިވާ މީހެއްކަމުގައި ނުވުން.

 

ހުށައަޅަންޖެހޭ ތަކެތި:

  • އެމް.އެމް.ޑީ.އެފް ސްކޮލަރޝިޕް  އެޕްލިކޭޝަން ފޯމް އާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓްފިކެޓްތަކާއި، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަޞްލާއި އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އިދާރާއަކުން ނުވަތަ ލޯ ފާމަކުން ތައްގަނޑުޖެހި އަސްލު.
  • މި ސްކޮލަރޝިޕްގެ ދަށުން ތައުލީމް ހާސިލްކުރުމަށްފަހު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ޚިދުމަތް ކުރަން އެއްބަސްވާކަމަށް ކެންޑިޑޭޓް ސޮއިކޮށްފައިވާ ސިޓީއެއް ހުށައަޅަން ވާނެއެވެ.
  • ·         ހުށައަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައި ކުރެވޭނެއެވެ.

 

ސުންގަޑި

 މި ކޯހަށް ޝަރުޠު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯރމް ފުރުއްވުމަށްފަހު، 2019 ޑިސެންބަރު 18 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން އެޕްލިކޭޝަން ފޯމް އެމް.އެން.ޑީ.އެފް (ބަންޑާރަ ކޮށި) އަށް ދުރުވެ ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމް ހުށަހަޅަން ދުރުވެ 9871235  ނަންބަރަށް ގުޅުއްވުމަށްވެސް އެދެމެވެ.

 

  • ކޯހާއި ބެހޭ އިތުރު މަޢުލޫމާތު:

-          އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް އެމް.އެން.ޑީ.އެފްގެ ފޯން ނަންބަރު: 3322607 (އެކްސްޓެންޝަން / 3156  3563)، 9871235 އަށް ގުޅުއްވުން އެދެމެވެ.

-          ކޯސް އެޕްލިކޭޝަން ފޯމް އެމް.އެން.ޑީ.އެފްގެ ވެބްސައިޓް (www.mndf.gov.mv) އިން ލިބެން ހުންނާނެއެވެ.

-          ކޯހަށް ހޮވޭ ފަރާތްތައް އެމް.އެން.ޑީ.އެފްގެ ވަޒީފާ ހަމަޖެއްސޭނެއެވެ. އަދި ކޯސް ފުރިހަމަކުރުމުން ކަމިޝަން ކުރެވި، ސިފައިންގެ އޮފިސަރެއްގެ ގޮތުގައި އެބޭފުޅަކު ހަމަޖެހިގެންދާނެއެވެ.

 

10 ޑިސެންބަރު 2019
ހޯދާ