މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

މަޤާމު

ޑިރެކްޓަރ

މަޤާމުގެ ނަންބަރު

J-319938

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން

ދަމަނަ ވެށި

މުސާރަ

-/ 8835 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓްރީ އަދި އެޗް.ޕީ.އޭގެ ސިޔާސަތުތަކާ،ޤަވާއިދުތަށް އަދި އުސޫލުތަކުގެ ދަށުންމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިބްތިދާއީ ޞިއްޙީ ނިޒާމެއްގެ ދަށުން އާންމުންނަށް ލުއިފަސޭހަ ކަމާއެކު އެކަށީގެންވާ އެންމެ ރަނގަޅު ގޮތުގައި އިބްތިދާއީ ޞިއްޙީ ޚިދުމަތް ފޯރުކޮށްދެވޭނެ ފަދައަކުން ދަމަނަ ވެށީގެ ޙިދުމަތްތައް ރާވާ އިންތިޒާމްކުރުމާއެކު ތަންހިންގުމުގެ މަސްއޫލިއްޔަތު އުފުލުން
  2. މައިންނާއި ޅަދަރިންގެ ޞިއްޙަތު ރައްކާތެރިކުރުމަށާއި، ޢާންމު ޞިއްޙަތަށް ނުރައްކާވާފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް ދޭންޖެހޭ ބޭސްފަރުވާ (ވެކްސިން ދިނުމާއި ޚާއްޞަ ބަލިބައްޔަށް ފަރުވާދިނުމަށް ކްލިނިކްތައް ހިންގުންފަދަ ޕްރޮގްރާމްތައް) ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން ފޯރުވައިދިނުމަށް ޕްރޮގުރާމްތަށް ހިންގާނެ ގޮތުގެ ޕުލޭންތަށް އެކުލަވާލާ ވިލަރެސްކޮށް ބެލެހެއްޓުން
  3. މާބަނޑު މީހުންނަށް ބޭނުންވާ އެންޓިނޭޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގަވާއިދުން އެންޓިނޭޓަލް ކްލިނިކް ހިންގުމާއި މާބަނޑުމީހުންނަށާއި އެފަރާތްތަކުގެ ޢާއިލާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހިންގާނެ މަޢުލޫމާތު ސެޝަންތައް ކުރިޔަށްގެންދާނެގޮތުގެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުން
  4. ވިހެއުމަށްފަހު މައިމީހާއާއި ދަރިފުޅަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޕޯސްޓްނޭޓަލް ކްލިނިކް ހިންގުމާއި ދަރިމައިވުމާއި ޢާއިލާ ރޭވުމާބެހޭ މަޢުލޫމާތާއި ޢާއިލާ ރޭވުމުގެ ވަސީލަތްތައް ފޯރުކޮށްދިނުނުމަށް ޤައުމީ ސިޔާސަތުތަކާ އެއްގޮތަށް ގުރޭޓަރ މާލޭ ސަރަހައްދުގައި ހިދުމަތް ހޯދަން އެދޭ ފަރާތްތަކަށް ޕްރޮގުރާމްތަށް ހިންގާނެ ގޮތުގެ ޕުލޭންތަށް އެކުލަވާލާ ވިލަރެސްކޮށް ބެލެހެއްޓުން
  5. ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޢާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި ކައުންސެލިންގގެ ޚިދުމަތް ދޭންޖެހޭ ފަރާތްތަކަށް އެފަދަ ޚިދުމަތް ދިނުމުގެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުން
  6. 5 އަހަރުން ދަށުގެ ކުދިން ހެދިބޮޑުވާ މިންވަރު ބެލުމަށް ގްރޯތް މޮނިޓަރިންގ ޕްރޮގްރާމް ހިންގުން
  7. ކެންސަރ ސްކްރީނިންގފަދަ ގައިންގަޔަށް ނާރާ ބަލިތަކާބެހޭ ޕްރޮގްރާމް ހިންގުމާއި، ޖިންސީ ގުޅުމުން އަރާ ބަލިތަކަށް ސްކްރީން ކުރުމާއި، މިފަދަ ބަލިތަކާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުން
  8. ލޭ މައްޗަށް ދާ މީހުންނާއި، ހަކުރުބަލީގެ މީހުންނަށް އަދި ގައިންގަޔަށް ނާރާ އެހެނިހެން ބަލިތަކުގެ މީހުންނަށް އަމާޒުކޮށްގެން ސްކްރީނިންގ ޕްރޮގްރާމްތައް ހިންގުމާއި، ޚާއްޞަ ކްލިނިކްތައް ދަމަނަ ވެށީގައި ހިންގުން
  9. ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތަކަށް ކައުންސެލިންގ ދިނުމާއި ދުންފަތުގެ އިސްތިޢުލާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސެސޭޝަން ކްލިނިކްގެ ޚިދުމަތް ދިނުން
  10. ގައިން ގަޔަށް ނާރާ އަދި ގައިން ގަޔަށް އަރާ ބަލިތަކުގެ ޚާއްޞަ ކްލިނިކްތައް ހިންގުން
  11. ގޭގެއަށް ޒިޔާރަތްކޮށް ދާނުގައި ތިބޭ ބަލިމީހުންނަށް ފަރުވާދިނުމާއި، އެހެނިހެން ބަލިބަލީގެ މީހުންނަށް ޞިއްޙީ ލަފަޔާއި އިރުޝާދު ދިނުން
  12. މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ ޕަބްލިކް ހެލްތު ސަރވޭލަންސްގެ މަޢުލޫމާތާއި، އަދި އެހެނިހެން މަޢުލޫމާތު އެއްކޮށް، ޕުލޭންތަށް އެކުލަވާލާ ވިލަރެސްކޮށް ބެލެހެއްޓުން
  13. މުވައްޒަފުންގެ ކުރިއެރުމަށް، މުވައްޒަފުންގެ މެދުގައި އިންސާފުވެރި ހަމަހަމަ އުޞޫލަކުން ކަންކަންރާވާ އެފަދަ ފުރުޞަތުތައް ތަނަވަސްކޮށްދިނުން
  14. ދަމަނަވެށިން ދެވޭ ޚިދުމަތް ދިނުމަށް ބޭނުންވާ ވަޞީލަތްތައް ހޯދާދިނުމާއި ލުއިފަސޭހަ ގޮތެއްގައި ތަނުން ޚިދުމަތް ދެވޭނެ އިންތިޒާމެއް ތަނުގެ މުވައްޒަފުންނަށް
  15. ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް ކަނޑައެޅުމާއި އެޕްރެއިޒަލްގެ މަސައްކަތް ހަމަޖެހިފައިވާ އުޞޫލުން ކުރިއަށް ގެންދިއުން
  16. ދަމަނަވެށީގެ ޚިދުމަތް ރަނގަޅުކުރުމަށް މީހުން ތަމްރީންކުރަން ބޭނުންވާ ދާއިރާ ދެނެގަނެ، މުވައްޒަފުންނަށް ތަމްރީން ލިބޭނެގޮތްތައް ހޯދައިދިނުން

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ،

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް

ކޮމިއުނިޓީ ހެލްތު، ޕްރައިމަރީ ހެލްތުކެއަރ، ޕަބްލިކް ހެލްތު

ގުޅޭ ވަޒީފާގެ ދާއިރާތައް

ހެލްތު ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

    7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

    8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  17ޑިސެމްބަރ 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު، އިމްތިހާނާއި ޕުރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިހާނާއި ޕުރެޒެންޓޭޝަން އޮންނާނީ، 2019 ވަނަ އަހަރުގެ ޑިސެމްބަރ 19 އާއީ 2020 ވަނަ އަހަރުގެ 20 ޖެނުއަރީ އާ ދެމެދު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުޔ ނޫން 5 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014423 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

08 ޑިސެންބަރު 2019
ހޯދާ