މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

އިޢުލާން

މަޤާމު

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު

J-319936

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޝަން / ސެކްޝަން

 ހިއުމަން ރިސޯސް ޑިވިޝަން / ފޮރިންގ ރެކްރޫޓްމަންޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތް

މުސާރަ

-/6295 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ހިއުމަން ރިސޯސް މެނޭޖްމަންޓް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1.  މިނިސްޓްރީގެ ރެކްރޫޓްމަންޓް މެއިލްތައް ކޮންމެ ދުވަހަކު ޗެކްކޮށް މެއިލްތަކަށް ދުވަހުން ދުވަހަށް ޖަވާބުދީ،އެފަރާތްތަކުން ބޭނުންވަ މަޢުލޫމާތުތަށް ދުވަހުން ދުވަހަށް އޮޅުން ފިލުވައިދީ، ވާޒީފާ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ދަފްތަރު ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  2. މިނިސްޓްރީގެ ރެކްރޫޓްމަންޓް ހުށަހަޅާ ސީވީތަށް ޗެކްކޮށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ކައުންސިލްތަކަށް ހުށަހަޅަންޖެހޭ ސެޓްފިކެޓްތަކުގެ ކޮޕީ ތަށް ހަމަކޮށް ،ކައުންސިލްތަކަށް ހުށްހަޅަންޖެހޭ ލިޔެކިއުންތަށް ހުށަހެޅުމަށް ކުރަންޖެހޭ އިދާރީ މަސކަތަތަށް ކުރުމަށްފަހު ގުޅުންހިރި ކައުނސްސިލް ތަކަށް ހުށަހެޅުން.
  3. މިނިސްޓްރީއަށް ވަޒީފައަށް އެދޭފަރާތްތަކަށް ދުވަހުން ދުވަހަށް ސްޓޭޓަސް އަޕްޑޭޓްކޮށް އެޕްލިކަންޓުންނަށް ދުވަހުން ދުވަހަށް ފޮނުވާ ދަފްތަރު އަޕްޑޭކޮށް ބެލެހެއްޓުން.
  4. މިނިސްޓްރީއަށް ޑައިރެކްޓްކޮށް ހުށަހަޅާ އެޕްލިކެޓުންގެ ޑިކިއުމަންޓް ރިފަރެންސް ހެދަންބޭނުންވާ ހާލަތްތަކުގައި ފަސޭފައިން ފެންނާނެހެން ސާވާގައި ރައްކާތެރިކަންމަޓީ ބެލެހެއްޓުން. އަދި ހާޑްކޮޕީ ހުށަހަޅަ ފަރާތްތަކުގެ ހަޑްކޮޕި ފަސޭހައިން ފެންނާނެހެން ބަލަހައްޓްމުން ގެންދިއުން.
  5. ކޮންމެ ދުވަހަކު އެއްފަހަރު ގުޅުންހުރި ކައުންސިލްތަކުން އެޕްލައި ކޮށްފައިވާ ޑޮކްއުމަނޓްތަކުގެ މަޢުލޫމާތު ބަލާ އެޕްރުވަލް އަވަސް ކުރުމަށް ކައުންސިލް ތަކަށް ބާރު އެޅުން.
  6. އަލަށް ރެކްރޫޓް ކުރެވޭ ފަރާތްތަކުގެ ވޯކްޕަމިޓ އިމިގްރޭޝަނަށް ހުށަހެޅުމަށް ތައްޔާރުކުރަންޖެހޭ ޑޮކއުމަނޓްތަށް ތައްޔަރުކޮށް ، އޮފަރލެޓަރ ސޮއިކޮށް ފޮނުވުމުން އަދި ޑައިރެކްޓްކޮށް ނޫންގޮތުގައި އޮފަރ ދޫކޮށްފައިވާ ފަރާތްތަކުން ޑޮކިއުމަޓް ހަމަކޮށް ވޮކްޕަމިޓަށް ހުށަހަޅާތާ ލަސްވެގެން ދެދުވަސްތެރޭ އެމަރގުރޭޝަނަށް ހުށަހެޅުން.
  7. ވޯކްޕާމިޓަށް އެޕްލައިކުރާ އެޕްލިކޭޝަންތަށް ވޯކްޕާމިޓް ދޫކުރާތާ ލަސްވެގެން ދެދުވަސް ތެރޭ ކެންޑިޑޭޓުންނަށް އަދި އެޖެންސީ ތަކުން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވޯކްޕާމިޓް ފޮނުވުން.
  8. ވޯކްޕާމިޓަށް އެޕްލައިކުރާ އެޕްލިކޭޝަންތަށް ވޯކްޕާމިޓް ދޫކުރާތާ ތިންމަސްތެރޭ އެރައިވް ނުވާ ފަރާތްކުގެ ވޯކްޕާމިޓް ކެންސަލް ކުރުމަށް އެޕްލައި ކުރުން.
  9. ކައުނސިލްތަކުން ރިޖެކްޓްވާ އެޕްލިކޭޝަނސް  ސަބަބުދެނެގަނ ރީއެޕްލައި ކުރަންޖެހޭ އެޕްލިކޭޝަންތަށް ރިއެޕަލއިކޮށް ރިޖެކްވާފާރާތްތަކުގެ މައުލޫމާތު ރިފަރެންސް ހެދޭނެ އިންތިޒާމެއްގެ މަތިން ބަލަހައްތާ އެފަރާތްތަކަށް އެކަން ލަސްވެން ދެދުވަސްތެރޭގައި އެގުން.
  10. ގުޅުންހުރި މަސަކަތްތަކާ ގުޅޭގޮތުން އިދަރީ އެންމެހާ މަސައްކަތްތަށް ދުވަހުނދުވަހަށް ކުރަމުން ގެންދިއުން.

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ތަޢުލީމީ ރޮނގުތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން

ގުޅޭ ވަޒީފާގެ ދާއިރާތައް

ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު، އިމްތިހާނާއި ޕުރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިހާނާއި ޕުރެޒެންޓޭޝަން އޮންނާނީ، 2019 ވަނަ އަހަރުގެ ޑިސެމްބަރ 19 އާއީ 2020 ވަނަ އަހަރުގެ 20 ޖެނުއަރީ އާ ދެމެދު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުޔ ނޫން 5 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014423 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

08 ޑިސެންބަރު 2019
ހޯދާ