ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
2020 ވަނަ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަރާމާތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު(ދެވަނަ އިޢުލާން)

  1.   2020ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން މިސުކޫލުގައި ކޮންމެހެން ކުރަން ބޭނުންވާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިސުކޫލުގެ ނަންބަރު (GS-107/2019/34) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ނަން ނޯޓުކޮށްފައިނުވާތީ، މިމަސައްކަތަށް ޝަރުތުހަމަވާ،އަދި ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ
  2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 08 އިން 2019 ޑިސެމްބަރ  11 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 15 ވާ އާދިއްތަ  ދުވަހުގެ 10:30 ގައި ފޯކައިދޫ ސްކޫލް ގައެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 18 ވާ ބުދަ ދުވަހުގެ 10:30 ގައި ފޯކައިދޫ ސްކޫލްގައެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފޯކައިދޫ ސްކޫލް

ށ.ފޯކައިދޫ

ހުކުރުމަގު، ފޯކައިދޫ، ދިވެހިރާއްޖެ.

ފޯން: 6540542

އީ-މެއިލް:[email protected]

ކޮޕީ އީ-މެއިލް: -

 

       08ރަބީޢުލްއާޙިރް1441  

           05 ޑިސެމްބަރ  2019

 

 

05 ޑިސެންބަރު 2019
ހޯދާ