މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ހުޅުމާލެ ޓަރމިނަލް ފޭސް 1 ގެ ޕޭވިން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ކުންފުނިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ހުޅުމާލެ ޓަރމިނަލް ފޭސް 1 ގެ ޕޭވިން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު ނަންބަރު IUL)113-PRC/1/2019/112) އިޢުލާނާއި ގުޅިގެން ކުރަން ހަމަޖެހިފައިވާ މަސައްކަތުގެ ޓެކްނިކަލް ކްރައިޓިރިއާ ބަދަލުވެފައި ވާތީ އެ އިޢުލާނު ބާޠިލު ކުރުމަށްފަހު އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން  މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފު ކުރެއްވުން

     އަންދާސީ ހިސާބު ހުށަހެޅުއްވުން

09 ޑިސެމްބަރު 2019 ވާ ހޯމަ ދުވަހުގެ 14:00

 15 ޑިސެމްބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00

 މިކަމަށް އެދި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

04 ޑިސެންބަރު 2019
ހޯދާ