މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބްރޯކަރެއް ޢައްޔަން ކުރަން ބޭނުންވެއްޖެ

މި ކޯޕަރޭޝަންގެފަރާތުން ރާއްޖެއިން ބޭރުން ގެންނަ ތަކެތި ކަސްޓަމް ކުލިއަރެންސް ހެދުމާއި، އެ ތަކެތި ގެންދަންޖެހޭ ތަންތަނަށް ގެންގޮސް ޖަހާދިނުމުގެ މަސައްކަތް މީލާދީ 1 (އެކެއް) އަހަރުގެ މުއްދަތަށް ކޮށްދޭނެ ބްރޯކަރެއް ޢައްޔަން ކުރަން ބޭނުންވެއެވެ.

މި މަސައްކަތް ޙަވާލުކުރުމުގައި ބަލާނެ ކަންތައްތައް:

1-  ހުށަހަޅާ އަގަށް: %60

2-  ތަޖުރިބާއާއި، މާލީ ޤާބިލްކަމަށް: %40

އަންދާޒީ ހިސާބު ހުށަހެޅުމާއި ގުޅޭ:

1-  އަންދާޒީ ހިސާބު ހުށަހެޅުމާއި، އަންދާޒީ ހިސާބުތައް ކެނޑުން: 11 ޑިސެމްބަރ 2019 (11:00)

2-  އަންދާޒީ ހިސާބު ހުށަހެޅި ފަރާތްތަކާއި، އަގުތައް ޙިއްސާކުރުން: 11 ޑިސެމްބަރ 2019 (11:00)

 މި މަސައްކަތަށް އަގު ހުށަހެޅުއްވުމުގައި މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ޝީޓުގައިވާ ކަންކަމަށް ރިޢާޔަތްކުރެއްވުމަށް ދެންނެވީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން  4ޑިސެމްބަރ 2019ވާ ބުދަ ދުވަހުގެ 11:00އަށް އަންދާޒީ ހިސާބު ހިއްޕަވައިގެން މި އޮފީހަށް ޙާޟިރުވެ ވަޑައިގެން ދެއްވުން އެދި އަޢުވަތު އަރުވަމެވެ.

04 ޑިސެންބަރު 2019
ހޯދާ