މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
"ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދޫކުރާ ޗެކު އަނބުރާ ލިބޭ ހާލަތުގައި ޢަމަލުކުރާނެ އުޞޫލު" ގެ ނަމުގައި އުޞޫލު އެކުލަވާލުން:

"ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދޫކުރާ ޗެކު އަނބުރާ ލިބޭ ހާލަތުގައި ޢަމަލުކުރާނެ އުޞޫލު" ގެ ނަމުގައި އުޞޫލު އެކުލަވާލުން:

 

ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ހުށަހަޅާ ޗެކުގެ އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން ނުވަތަ އެ ޗެކުގައިވާ ޢަދަދަށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދީފައި ނުވުމުގެ ސަބަބުން ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާ ނުލިބޭ ޙާލަތުތަކުގައި އެ ޗެކު ހުށަހަޅާ ފަރާތާއި އެ ފައިސާ ދައްކަންޖެހޭ ފަރާތާމެދު ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާއި ބެހޭ ޤާނޫނު) ގެ 39 ވަނަމާއްދާގެ (ހ) ގެ ދަށުންނާއި، ޤާނޫނު ނަންބަރ 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެގޮތް ބަޔާންކޮށް "ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދޫކުރާ ޗެކު އަނބުރާ ލިބޭ ހާލަތުގައި ޢަމަލުކުރާނެ އުޞޫލު" ނަންބަރު: 2019/U-003 އުޞޫލު އެކުލަވާލައި ކަސްޓަމްސްގެ ވެބްސައިޓު www.customs.gov.mv ގައި ޝާއިޢުކުރެވިފައިވާކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ. 

30 ނޮވެންބަރު 2019
ހޯދާ