މަޑަވެލީ ސްކޫލް / ގދ. މަޑަވެލި
ދިވެހިރާއްޖެ
2020 ވަނަ އަހަރު ސްކޫލުގައި ކުރަންހުރި މަސައްކަތްތަކާއި ގުޅޭ!

2020 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން މިސްކޫލުގައު ކުރަންހުރި މަސައްކަތްތައް ތިރީގައި މިވަނީއެވެ.

 

  • ޕްރީސްކޫލު ކުދިންގެ ކްލާސްރޫމްތަކުގެ ފުރާޅުގެ ޓިނު ބަދަލުކުރުން.
  • ޕްރީސްކޫލު ކުދިންގެ ކްލާސްރޫމްތަކުގެ ކުޑަދޮރު ބަދަލުކުރުން.
  • ޕްރީސްކޫލު ކުދިންގެ ކްލާސްރޫމްތަކުގެ ނަލަފިލާ، ދިޔަދޮވި އަދި ބޭރުގެ ސީލިންގ އެޅުން.
  • ކްލާސްރޫމްތަކުގެ އެތެރެއާއި ބޭރުގެ ކުލަ އައުކުރުން.
  • ޕްރީސްކޫލު ކުދިންގެ ފާހާނަބަރި އިމާރާތްކުރުން.

 

ވީމާ، މިމަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަސައްކަތްތަކާއި ގުޅޭ މައުލޫމާތު ސާފުކޮށް، މަސައްކަތް ކުރެވޭނެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު، ކޮންމެ މަސައްކަތަކަށް ވަކި އަގެއް ހުށަހަޅުއްވުން އެދެމެވެ. އަދި މަސައްކަތްކުރުމަށް ބޭނުންވާ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުއްވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

 

މައުލޫމާތު ސާފުކުރުން

24 ނޮވެންބަރ 2019

ހެނދުނު 11:00

 މަޑަވެލީ ސްކޫލް

އަގުހުށަހެޅުން

28 ނޮވެންބަރ 2019

ހެނދުނު 11:00

 މަޑަވެލީ ސްކޫލް

 

                       މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

18 ނޮވެންބަރު 2019
ހޯދާ