މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

މަޤާމް:                    މެކޭނިކް  

މަޤާމުގެ ނަންބަރު:             299594

ބޭނުންވާ  ޢަދަދު:             1

މަޤާމުގެ ގިންތި:              ދާއިމީ

މަޤާމުގެ ރޭންކް:              ޖީ.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:      އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް:                މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ސެކްޝަން:               މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް

ވަޒީފާ އަދާކުރަންޖެހޭތަން:        ކ. މަނިޔަފުށި

މުސާރ:                   -/4465 ރުފިޔާ

ސަރވިސް އެލަވަންސް:          -/1500 ރުފިޔާ

ހާޑްޝިޕް އެލަވަންސް ނުކުންނަ ދުވަހަކަށް -/ 20 ރުފިޔާ

ފުޑް އެލަވަންސް ނުކުންނަ ދުވަހަކަށް      -/120 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

ސަޕޯރޓިންގ ކޯ އެލަވަންސް:            -/700 ރުފިޔާ

 

އެހެނިހެން ޢިނާޔަތްތައް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ ޝަރުތު      

  1. ސާނަވީ ނުވަތަ އެ އާ އެއްފެންވަރުގެ އިމްތިޙާނަކުން  2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް

  • މެކޭނިކަލް އިންޖިނިއަރިންގ  

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ޖަނަރޭޓަރ ބަހައްޓާފައިވާ އިމާރާތް ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  • ޖަނަރޭޓަރަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި  ޖަނަރޭޓަރ މަރާމާތު ކުރަން ޖެހިއްޖެ ހިނދެއްގައި މަރާމާތު ކުރުން.
  • ކަރަންޓް ވައިރިންގ ކުރުމާއި ކަރަންޓް ވައިރިންނަށް ދިމާވާ މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރުން.
  • މަނިޔަފުށީގެ އިންވެންޓްރީ ބަލަހައްޓާ މިނިސްޓްރީއަށް އެންގުން.
  • ރަށުތެރެ ބެލެހެއްޓުމާއި ރަށުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެހީތެރިވުން.
 


ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-  ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

- ޤާބިލްކަން ހުރި މިންވަރު ބެލުމަށް ކުރެވޭ އިންޓަވިއު

 

މި މަގާމަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަރވިއު

މިމަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް:
  4. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމަކާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތު މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2019 ނޮވެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އީމެއިލް އެޑްރެހަކީ hr@fishagri.gov.mv އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

                       15 ރަބީއުލްޢައްވަލް   1441

12 ނޮވެންބަރު 2019
ހޯދާ