މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތްކުރުމާއި ޢިމާރާތަށް ބަދަލުގެނައުމުގެ ހުއްދައަށް އެދޭ ފޯމާބެހޭ

މާލޭ ސިޓީގައި ޢިމާރާތްކުރުމުގެ ހުއްދައަށް އެދޭ ފޯމާއި، ޢިމާރާތަށް ބަދަލުގެނައުމުގެ ހުއްދައަށް އެދޭ ފޯމަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސް އާކޮށްފައެވެ. މި ފޯމަށް ބަދަލު ގެނެސްފައިވަނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ލަފާދެއްވާފައިވާ ގޮތުގެ މަތިންނެވެ. އަދި 2 މާރިޗު 2014 އިން ފެށިގެން އާ ފޯމަށް ޢަމަލުކުރަން ފެށުމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

8 ޖުމާދަލްއޫލާ 1435

09 މާރިޗު 2014
ހޯދާ