ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކު ތަރައްޤީކޮށް ހިންގާ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް

ކުޑަކުދިންގެ ޕާކު ތަރައްޤީކޮށް ހިންގާ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް

       ކުޑަކުދިންގެ ޕާކު ތަރައްޤީކޮށް ހިންގާ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

       ކުޑަކުދިންގެ ޕާކުގެ އިރު ދެކުނު ކަނުން 1224 އަކަފޫޓުގެ ބިން ވިޔަފާރި އުޞޫލުން ހިންގުމަށް ޕާކު ތަރައްޤީކޮށް ބަލަހައްޓާ ދޭނެ ފަރާތަކަށް ކުއްޔަށް ދިނުމަށްވަނީ ނިންމާފައެވެ.

       ވީމާ، ކުޑަކުދިންގެ ޕާކު ހިންގާ ބަލަހައްޓައިދޭން ޝައުގުވެރިވާ ފަރާތްތަކުން  2019ނޮވެންބަރު 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އެމަޢުލޫމާތުތަކަށް ބިނާކޮށް  2019ޑިސެމްބަރު 05 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.

       މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓު، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ ޕްރޮޕޯސަލް ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮޕީއެއް ގެންނަށްވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

       ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަކަށްލައި ބަންދުކޮށް ކުޑަކުދިންގެ ޕާކު ތަރައްޤީކޮށް ހިންގާ ބަލަހައްޓާ ދިނުމަށް އެދި  ހުށަހަޅާ ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ. 

       މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

05 ނޮވެންބަރު 2019
ހޯދާ