ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑުގައިހަދާ ދުވާ ޓްރެކް ކޮންކްރީޓް ކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ބޭނުންވެއްޖެ

ބުރުނީގައި ހަދަމުންގެންދާ ފުޓްސަލް ދަނޑުގައިހަދާ ދުވާ ޓްރެކް ކޮންކްރީޓް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިންކޮށްފައިވާ ނަންބަރު (IUL)382/382/2019/80 ( 16 އޮކްޓޫބަރު 2019 ) އިޢުލާންއަށް އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އެއިޢުލާންބާތިލްކޮށް އަލުން އިޢުލާންކުރީމެވެ.

މިމަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 14 ނޮވެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

                  އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 20 ނޮވެންބަރު 2019 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.

                   މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް، މިމަސައްކަތަށް ޝައުގުވެރިވެލައްވާނަމަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮތް ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފްކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް އެހެން ފަރާތެއްގެ ބަދަލުގައި ޙާޟިރުވާނަމަ އެފަރާތެއް އައްޔަންކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔުމެއް، އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެއެވެ.

                            މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

                   07 ރަބީޢުލްޢައްވާލް  1440

                   04 ނޮވެންބަރު     2019

04 ނޮވެންބަރު 2019
ހޯދާ