މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

އިއުލާން

މަޤާމް:   ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:   J-317294

ބޭނުންވާ އަދަދު: 01

މަޤާމުގެ ގިންތި:  ދާއިމީ

މަޤާމުގެ ރޭންކް:  އީ. އެކްސް. 5

މަޤާމުގެ ކްލެސިފިކޭޝަން:  ޑިރެކްޓަރ ޖެނެރަލް

ވަޒީފާ އަދާކުރަން ޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން

މުސާރަ:  -/13890

ސަރވިސް އެލެވަންސް:   -/2000

 

އެހެނިހެން އެލަވަންސް:   

 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

4. ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު -/1500

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ މުވައްޒަފުންނާބެހޭ އެންމެހައި ކަންކަން ކަމާގުޅޭ ޤާނޫނުތަކާއި، ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުތަކާ އެއްގޮތަށް ހިންގުން.
  2. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ މަސްއޫލިއްޔަތުތައް ޔުނިޓް ލެވެލްއަށް ބައްސަވައި މެންޑޭޓްގައި ހިމެނޭ މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާލުކޮށް، މުވައްޒަފުންގެ މަސައްކަތް ދުވަހުން ދުވަހަށް މޮނިޓަރކޮށް މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރެވެމުންދާކަން ޔަގީންކުރުން. އަދި މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާކުރެވިފައިވާގޮތް ރިވިއުކޮށް ގެންނަންޖެހޭ އިޞްލާޙު ގެނައުން.
  3. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ މަސްއޫލިއްޔަތުތާއި ވާޖިބު އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމާއި، ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ކަންކަން ރާވާހިންގުން.
  4. އިދާރީ ހިންގުމާއި އިންސާނީ ވަޞީލަތް ތަރައްޤީކުރުމާބެހޭ ކަންކަން ރާވައި، އިންތިޒާމްކޮށް ހިންގުން.
  5. ހިންގުމަށް ބޭނުންވާ އަހަރީ ބަޖެޓް އެކުލަވާލުމާއި ދެމެހެއްޓެނިވި ގޮތެއްގައި ޑިޕާޓްމަންޓްގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ކަންކަން އިންތިޒާމުކުރުން.
  6. މީޑިއާ ހަރުދަނާ ކުރުމާއި މަސައްކަތްތައް ޢާންމު ކުރުމުގައި އެހީތެރިވެދިނުން.
  7. އަހަރީ އެކްޝަން ޕްލޭން ޔުނިޓްތަކުން ތަންފީޒު ކުރަމުންދާގޮތް މޮނިޓަރ ކުރުމާއި އެޕްލޭން ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމުގައި އެހީތެރިވެދިނުން.
  8. ފީނަގައިގެން ހިންގާ އިމްތިހާނު ތަކުގެ ފީބަލައިގަތުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.
  9. ޤައުމީ މަންހަޖުގެ ތެރެއިން ބޭއްވޭ އިމްތިހާނުތައް ތައްޔާރުކޮށް ބޭއްވުމާއި، އެކަމާއި ގުޅޭ އެންމެހާ  އިންތިޒާމްތައް ހަމަޖެއްސުން.
  10. ރާއްޖޭގައި ބޭއްވޭ ބައިނަލް އަޤްއާމީ އިމްތިހާނުތައް ބޭއްވުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  11. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ދޭ ވަޒީފާއާބެހޭ ޚިދުމަތްތަކަށް އެދޭ ފަރާތްތަކަށް، ވީހާވެސް ޚަރަދު ކުޑަ، ލުއި ފަސޭހަގޮތަކަށް، އަވަސް ޚިދުމަތްދެވޭނެ ގޮތްތައް ހޯދައި، ތަރައްޤީކޮށް، ކަމަށް ބޭނުންވާނެ ގައިޑްލައިންތަކާއި، ޕްރޮސީޖަރތަކާއި، އުސޫލުތައް އެކުލަވައިލައި، ޢަމަލުކުރަމުން ގެންދިޔުން.
  12. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ބޭނުންކުރާ މުދަލާއި ފައިސާއާއި އެނޫންވެސް ވަސީލަތްތައް ބޭނުން ކުރެވެމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކޮށް، އެކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން.
  13. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ އެންމެހައި ކަންކަން ތަރައްޤީކުރުމަށް މަސައްކަތްކުރުމާއެކު ކުރިއަށް ދިޔުމަށް މުވައްޒަފުންނަށް މަގުދައްކައި އެހީތެރިވެދިނުން.

 

 

މަޤާމުގެ ޝަރުތުތައް:

1-     މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-     މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ދާއިރާތައް: އެޑްމިނިސްޓްރޭޝަން ، މެނޭޖްމަންޓް

 

ތައުލީމީ ރޮނގުތައް:ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން

                   

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

 

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  13 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް­ careers@moe.gov.mv  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު،  ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު: 

ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަސްތެރޭގައި އަންގާނެއެވެ. އަދި މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 

ށ. އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު  3341416 / 3341418 ފޯނަށް ގުޅުއްވުން އެދެމެވެ.

ނޯޓް: އެޕްލިކޭޝަން ފޯމްގައި މަޤާމް ނަންބަރ ހިމެނުން އެދެން

 

30 އޮކްޓޫބަރު 2019
ހޯދާ