ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރިސަރޗް އެސިސްޓަންޓް (ކޮންޓްރެކްޓް)

މަޤާމް :ރިސާރޗް އެސިސްޓެން (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

މަޤާމް:                 

ރީސާރޗް އެސިސްޓެން (ކޮންޓްރެކްޓް)        

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

މުއްދަތު:

03 މަސްދުވަސް ( ބޭނުންވެއްޖެ ހާލަތެއްގައި ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވޭނެއެވެ.)

ސެކްޝަން : 

ސުކޫލް އޮފް މެޑިސިން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސުކޫލް އޮފް މެޑިސިން އަދި އައި.ޖީ.އެމް.އެޗް

މަޤާމުގެ މުސާރަ:

   15,000-20,000 ރުފިޔާ

މަސައްކަތު ގަޑި:

ދުވާލަކު 8 ގަޑިއިރު

 

 

މާޤާމުގެ ޝަރުޠު:

 

މެޑިކަލް ލެބޯޓްރީ ނުވަތަ މެޑިކަލް ސައެންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު މަޤާމުގެ މަސައްކަތު ދާއިރާއިން  ތަޖުރިބާ ލިބިފައިވުން

ނުވަތަ

މެޑިކަލް ލެބޯޓްރީ ނުވަތަ މެޑިކަލް ސައެންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

 

 

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ދިރާސާގެ މަޢުލޫމާތު ފޯރުކޮށްދިނުން
  • ދިރާސާގައި ބައިވެރިވާނެ މީހުން ހޯދުން
  • ދިރާސާގެ ބައިވެރިންގެ ލޭ ރައްކާކުރުން
  • ދިރާސާއާއި ގުޅުން ހުރި އިދާރީ މަސައްކަތްކުރުން
  • ދިރާސާއާއި ގުޅުންހުރި އެހެނިހެން މަސައްކަތްކުރުން
  • ދިރާސާތަކާއި ހޯދުންތަކުގެ ތަފްސީލް ރިޕޯޓް ތައްޔާރުކުރުން
  • ބަލިމީހުންގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ސިއްރު ހިފެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުން
  • ދިރާސާ ޕްރޮގްރާމް ހިންގަވާ ބޭފުޅުންނަށް ބައިވެރިންގެ މަޢުލޫމާތު އޭގެ ރައްކާތެރިކަމާއެކު ހިއްސާކުރުން
  • ދިރާސާ ހެދުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުން
  • ދިރާސާ އާއި ގުޅުންހުރި ޕޭޕާރތައް ތައްޔާރުކުރުން
  • ބޭނުންވެއްޖެ ހިނދެއްގައި ބަލިމީހުންގެ ސާމްޕަލް ނެގުމާއި ތަހްލީލްތައްކުރުން

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ސިޓީ އަދި ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • 07 ނޮވެންބަރު 2019 ވާ ބުރާސްފަތި  ދުވަހުގެ މެންދުރު 14:00 ގެ ކުރިން  އީމެއިލް މެދުވެރިކޮށް[email protected] އަށް

 

ނޯޓު:

  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއި އެކު ފޮނުވަންޖެހޭނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • މި މަގާމާށް މީހަކު ހޮވުމުގައި މާރކުސް ދެވޭނެ ކަންތައްތަކުގެ ތެރޭގައި  ތަޢުލީމާއި މަސައްކަތު ތަޖްރިބާގެ އިތުރުން އިންޓަރވިއު އަކާއި ދިވެހި އަދި އިނގިރޭސި ބަހުން ހަދާ ޓެސްޓެއް ހިމެނެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3345596 ނަމްބަރު ފޯނަށެވެ.
28 އޮކްޓޫބަރު 2019
ހޯދާ