ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ފައިނޭންސް އޮފިސަރަކު ބޭނުންވެއްޖެ

މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.

މަޤާމު.

ފައިނޭންސް އޮފިސަރ (ދާއިމީ)

މަޤާމްގެ ނަންބަރު.

J-317177

ބޭނުންވާ ޢަދަދު.

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް.

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން.

ފައިނޭންސް އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ތަން.

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ، ހއ.އިހަވަންދޫ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން.

ކޯޕަރޭޓް އެފެއާޒް ޔުނިޓް

މުސާރަ.

-/6295 ރުފިޔާ (ހަހާސް ދުއިސައްތަ ނުވަދިހަ ފަސް ރުފިޔާ) (މަހަކު)

ސަރވިސް އެލަވަންސް.

-/2,000 ރުފިޔާ (ދެހާސް ރުފިޔާ) (މަހަކު)

އެހެނިހެން އެލަވަންސްތައް.

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/900 ރުފިޔާ (މަހަކު).
  5. ޓެކްނިކަލް ކޯ އެލަވަންސް އަސާސީ މުސާރައިގެ %28 (ދާއިރާއިން މަތީ ސަނަދެއް ހާސިލްކޮށްފައިވާނަމަ)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް.

  1. ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި ލާމަރުކަޒީ ޤާނޫނާއި އަދި މާލީ ވުޒާރައިން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލް އިދާރާގެ ފައިސާއާއިބެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އެކިފަރާތްތަކުން ކައުންސިލްގެ އިދާރާއަށް ދައްކާފައިސާ ބަލައި ގަތުމާއި، އެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާ ޙަވާލު ކުރުމާއި، އަދި ދައުލަތަށް ލިބޭ އާމްދަނީ ފައިސާއާއި، ހަމަ އެހެންމެ އެކިފަރާތްތަކަށް ޖަމާކުރަންޖެހޭ ފައިސާ ބޭންކު އެކައުންޓުތަކަށް ޖަމާކުރުން.
  2. ކައުންސިލްގެ އިދާރާގެ ބަޖެޓާއި، ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކާއި، އަދި އެކިފަރާތްތަކުން ކައުންސިލްގެ އިދާރާއަށް ދައްކާފައިސާއާއި ޚަރަދު ކުރާފައިސާގެ ހިސާބުތައް ހަމަޖެހިފައިވާ ޤަވާޢިދާއި އެއްގޮތަށް އައިޓީ ސިސްޓަމުން،ނުވަތަ ފޮތްތަކުން ބެލެހެއްޓުން.
  3. އެކި ފަރާތްތަކުން އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދައްކަންޖެހޭ ފައިސާ އެ ފައިސާ ދެއްކުމަށް އޮންނަ ޤަވާޢިދާއި އެއްގޮތަށް ނުދައްކާ ނަމަ އެފައިސާއާއި ބެހޭ މަޢުލޫމާތުތައް އެނގޭ ގޮތަށް ލިޔެ އެކަން ސްޕަވައިޒަރަށް ރިޕޯޓްކުރުން.
  4. ކައުންސިލްގެ އިދާރާއިން ހޯދާ ތަފާތު ޚިދުމަތްތަކަށް ދޭންޖެހޭ ފައިސާ ވީ އެންމެ އަވަސްގޮތެއްގެ މަތިން އެ ފަރާތްތަކަށް ޙަވާލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި އެފައިސާ އެފަރާތްތަކާއި ޙަވާލު ކުރުން.
  5. ކައުންސިލްގެ އިދާރާގެ މުވައްޒަފުންނާއި ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުން މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަށް ދޭންޖެހޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ޤަވާޢިދުން ދެމުން ގެންދިއުމާއި، އަދި އެކަންތައްތަކާއި ބެހޭ ރެކޯޑްތައް ލިޔެ ބެލެހެއްޓުން. 
  6. ޤާނޫނު ތަކާއި ޤަވާޢިދު ތަކަށް ނަޒަރުކޮށް، ކައުންސިލްގެ އިދާރާގެ ބަޖެޓް ފޮނުވުމަށް އޮންނަ ނަމޫނާއާއި އެއްގޮތަށް ބަޖެޓް ތައްޔާރުކޮށް، ކައުންސިލްގެ ޖަލްސާއަށް ހުށަހެޅުމާއި، ބަޖެޓް ފޮނުވުމަށް ބަޔާންކޮށްފައިވާ މުއްދަތުގެ ކުރިން ބަޖެޓް ފޮނުވުމާއި، އަދި ކައުންސިލްގެ ޖަލްސާއަށް ހުށަހަޅާ ބަޖެޓް ފާސްކުރުމަށް، ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. އިހަވަންދޫ ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ފައިސާއާއި ބެހޭ އެންމެހައި ރިޕޯޓުތައް ނަމޫނާއާއި އެއްގޮތަށް ލިޔެ ތައްޔާރުކޮށް އެ ރިޕޯޓުތައް ފޮނުވަންޖެހޭ މުއްދަތުގެ ތެރޭގައި ފޮނުވުން.

(ހ) ކައުންސިލްގެ އިދާރާގެ ތިޖޫރީ ރިޕޯޓް.

(ށ) މަހުންމަހަށް ތައްޔާރު ކުރަންޖެހޭ ފައިސާގެ ރިޕޯޓް.

(ނ) ކައުންސިލް އިދާރާގެ ހިނގި ޚަރަދާއި ބާކީ 6 މަސްދުވަހުގެ ރިޕޯޓް.

(ރ) ކައުންސިލް އިދާރާގެ ހިނގި ޚަރަދާއި ބާކީ އަހަރު ދުވަހުގެ ރިޕޯޓް

(ބ) މާލީ ބަޔާން.

(ޅ) އިންޓަރނަލް އޯޑިޓް ރިޕޯޓް.

(ކ) ކައުންސިލުންދޭ ޚިދުމަތްތަކާއި، ކައުންސިލް މެދުވެރިވެގެންދޭ ޚިދުމަތްތަކަށް، ލިބުނު ފައިސާގެ ރިޕޯޓް.

 (އ) ބިމުކުއްޔަށް ލިބުނު ފައިސާގެ ރިޕޯޓް.

(ވ) ރައްޔިތުންގެ ޢިމާރާތާއި އަދި ރައްޔިތުންގެ ޢިމާރާތުން ކޮޓަރި ކުއްޔަށް ދީގެން ލިބުނު ފައިސާގެ ރިޕޯޓް.

(މ) އެކިއެކި ކަންކަމަށް ފައިސާހޯދުމަށް ހުޅުވާ ފަންޑުތަކަށް ލިބޭ ފައިސާގެ ރިޕޯރޓް.

(ފ) އަދި ފައިސާއާއި ބެހޭ އެނޫންވެސް ރިޕޯޓެއް ހަދަންޖެހޭނަމަ އެ ރިޕޯޓެއް ހެދުމާއި އެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.

  1. ކައުންސިލްގެ އިދާރާއިން ކުރިއަށް ގެންދާ ތަފާތު އިވެންޓުތަކުގައި ބައިވެރި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އަދި ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުން 5 އަހަރު ދުވަހަށް އެކުލަވާލެވޭ ތަރައްޤީގެ ޕްލޭނަށް ބިނާކޮށްގެން، ފައިނޭންޝަލް ޕްލޭން އެކުލަވާލާއި ޢާއްމުކުރުމާއި މަސައްކަތު ތާވަލު ހެދުމާއި، އެކަންކަން ރިވިއު ކުރަންޖެހޭ ޙާލަތުގައި އެ މަސައްކަތްތައް ކުރުން. 
  2. އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތްތަކުގައާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު ބަރާބަރަށް އެ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް.

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ދާއިރާއަކުން (ފައިނޭންސް /  އެކައުންޓިންގ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށައަޅަންޖެހޭ ލިޔުންތައް.

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމުތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ނުވަތަ ވާޖިބުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.)

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމުތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ނުވަތަ ވާޖިބުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

 

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

 

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

65

35

40

 

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު.

30

5

 

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

 

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ.

23

15

15

 

ލިބިފައިވާ ހުނަރު

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

230

100

100

           

ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި.

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ނޮވެންބަރު 04  ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، އިހަވަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2019 ނޮވެންބަރު 05  އާއި  2019 ނޮވެންބަރު 10 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން.

މި މަޤާމަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު.

މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected]އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތަކާއި ފޯމާއެކު ހުށަހަޅުއްވާ ލިޔުންތައް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް މެއިލް ކުރި ނުވަތަ ފޯމްފޮނުއްވި ފަރާތުގެ ޒިންމާއެކެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 އޮކްޓޫބަރު 2019
ހޯދާ