ދިވެހިރާއްޖެ
މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރެއްވުމަށް ދައުވަތުދީ ކުރެވުނު ((IUL)438-ENV/438/2019/141) ނަންބަރު އިއުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިއުލާން ބާތިލުކޮށް، އަލުން އިއުލާން ކުރަމެވެ.
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްކަމުގައިވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރގެ ދަށުން 2020 ގެ ނިޔަލަށް އެޗް.ސީ.އެފް.ސީ ބޭނުން ކުރުން ހުއްޓާލުމަށް ޤައުމީ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ އެޗްސީއެފްސީ ގޭހުގެ ބަދަލުގައި ބޭނުންކުރާ ފްލޭމަބަލް ރެފްރިޖަރެންޓް ތައް ބޭނުންކުރާއިރު އަމަލު ކުރާނެގޮތުގެ އަތްމަތީ ފޮތް ދިވެހި ބަހަށް ތަރުޖަމާކުރުމަށާއި، ކަސްޓަމްސް ޕޯރޓް ސަރަހައްދުގައި ރެފްރިޖަރެންޓް ސިލިންޑަރތައް ކްލިއަރ ކުރުމުގައި ގެންގުޅޭނެ ސަލާމަތީ ގޮތްތަކުގެ މައުލޫމާތު ޝީޓެއް އެކުލަވާލާނޭ ފަރާތެއް ބޭނުންވެއްޖެއެވެ.
މިމަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" މި އިއުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުތުހަމަވާ ފަރާތްތަކުން 28 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން، ތަޢުލީމީ ފެންވަރާއި މި މަސައްކަތާއި ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާ އާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުޅުވާނީ 28 އޮކްޓޫބަރު 2019 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާ އިރު އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
“Do not Open Before 28th October at 10:00 – “Translation of Good Servicing Practices For Flammable Refrigerants: A Quick Guide and Information Sheet for Customs officers and the submitting party’s name and address.
Procurement Section
Ministry of Environment
Green Building, Handhuvaree Hingun, Maafannu
Male’, 20392, Republic of Maldives
Email: [email protected]
Web site: http://www.environment.gov.mv
އިތުރުމައުލޫމާތު:
ފޯން: 3018361/3018369
އީމެއިލް: [email protected]