މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ، އެޑްމިން

މި އިޢުލާންވަނީ 20 އޮކްޓޫބަރު 2019 1550 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ސީނިއަރ އޮފިސަރ، އެޑްމިން

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

13,600 - 10,900 ރުފިޔާއާ ދެމެދު

އިތުރު ޢިނާޔަތް:

ކޯޕަރޭޝަނުން ކަނޑައަޅާ އުޞޫލެއްގެ މަތީން ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

  • ބިޒްނަސް، އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން، ނުވަތަ
  • މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 4 (ހަތަރު) އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • މައިކްރޮސޮފްޓް ޕެކޭޖް ބޭނުން ކުރަން އެނގުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • އީގަވަރމަންޓް މެދުވެރިކޮށް ލިބޭ ސިޓީތަކާއި އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީތައް ޗެކުކުރުމާއި، ރޫޓުކުރުމަށް މުވައްޒަފުންނާއި ހަވާލުކުރުމާއި، ކޯޕަރޭޝަންއަށް ލިބޭ ސިޓީތަކަށް ޤަވާއިދުން ޖަވާބު ތައްޔާރުކޮށް ފޮނުވުން.
  • ކަސްޓަމަރ ރިލޭޝަންސްގެ އެންމެހައި ކަންކަން ބެލެހެއްޓުން.
  • ކޯޕަރޭޝަންގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އަންނަ ފަރާތްތަކުގެ ފޯމް ޗެކްކުރުމާއި ފޯމް ބަލައިގަނެ ސިސްޓަމަށް އެންޓަރކުރުން.
  • ކޯޕަރޭޝަންގައި ރަޖިސްޓްރީވާ މެމްބަރުންގެ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • މެނޭޖިންގ ޑިރެކްޓަރގެ އެޕޮއިންޓްމެންޓްތައް ހެދުމާއި އިދާރީގޮތުން މެނޭޖިންގ ޑިރެކްޓަރ ބޭނުންވާ ލިޔުންތައް ތައްޔާރުކުރުން.
  • ޙައްޖާއި ޢުމްރާއާއި ގުޅޭ ގޮތުން ޢާއްމު ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި އަދި ހަމަޖައްސަންޖެހޭ އެހެނިހެން އިދާރީ ކަންކަމުގައި އެހީތެރިވުން.
  • ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރގެ އެޕޮއިންޓްމަންޓްތައް އަންގަވާގޮތެއްގެ މަތިން އިންތިޒާމްކޮށް ބެލެހެއްޓުމާއި އިދާރީގޮތުން މެނޭޖިންގ ޑިރެކްޓަރ ބޭނުންވާ ލިޔުންތައް ތައްޔާރުކުރުން.
  • ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމާއިއެކު، އޮފީހުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 14 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން ލި ލިޔެކިޔުންތަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން admin@mhcl.mv އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

07 އޮކްޓޫބަރު 2019
ހޯދާ