އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މެނޭޖަރ (ގްރޭޑް 1)

މަޤާމް :މެނޭޖަރ (ގްރޭޑް 1)
ބޭނުންވާ އަދަދު :1

ޑިޕާރޓްމަންޓް

ޓެކްނިކަލް ސާރވިސަސް

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް

އަސާސީ މުސާރަ

-/11500 (އެގާރަހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް

ދުވާލަކަށް 263/33 (ދުއިސައްތަ ފަސްދޮޅަސް ތިންރުފިޔާ ތިރީސް ތިންލާރި)

ލިވިންގ އެލަވަންސް

-/3000 (ތިންހާސް) ރުފިޔާ

މަޤާމުގެ ގޮތުން ދެވޭ ޚާއްސަ އެލަވަންސް

-/2000 (ދެހާސް) ރުފިޔާ

ޕްރޮފެޝަނަލް އެލަވަންސް

މާސްޓާސް  ހާސިލްކޮށްފައިވާނަމަ -/2000 (ދެހާސް) ރުފިޔާ

ޑިގްރީ ހާސިލްކޮށްފައިވާނަމަ -/1000 (އެއްހާސް) ރުފިޔާ

އަސާސީ ޝަރުތު

  1. މަސައްކަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަސައްކަތުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. ވަޒީފާގެ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް މަސައްކަތެއް ނުކުރުން
  2. ވަޒީފާގެ މަޞްލަޙަތު ފުށުނާރާފަދަ، މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  3. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  5. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. ޓީމް މެމްބަރުންގެ މަސައްކަތުގެ ފެންވަރު އޮފީހުން ކަނޑައަޅާފައިވާ ސްޓޭންޑަޑުގައި ހިފެހެއްޓުން
  2. އޮޑިޓް ރިޕޯޓްތައް ތަރައްގީކުރުމަށް ދިރާސާކުރުން
  3. އޮޑިޓް މެތޮޑޮލޮޖީ ތަރައްގީކުރުމަށް ދިރާސާކުރުން
  4. ޓީމް މެމްބަރުންނާއި އެކު ރިވިއު މީޓިން ބާއްވާ މަސައްކަތްކުރިއަށް ގެންދާގޮތް ސުޕަވައިޒްކުރުން
  5. އޮޑިޓް ކޮމިޓީ މީޓިންގ ތަކުގައި ބައިވެރިވުން
  6. އެކްސްޓާރނަލް އޮޑިޓަރުންނަށް ލައިސެންސް ދޫކުރުމުގެ އެންމެހާ އިދާރީ މަސައްކަތް ކުރުން
  7. ކުއަލިޓީ އެޝޫރަންސްގެ މަސައްކަތް ކުރުން
  8. ޕްރޮޖެކްޓް މެނޭޖްމަންޓާއި ގުޅުންހުރި މަސައްކަތްތައް ކުރުން
  9. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައވެރިވުމާއި އޮފީހުގެ މަސައްކަތްތަކުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިއެހެން ކަންތައްތައް ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).
  4. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ).
  5. ވަކި ފަރާތަކަށް ޚިދްމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
  6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް އަދި ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް.

ޓެކްނިކަލް އެސެސްމަންޓްތައް އަދި އިންޓަރވިއު، އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ހެދޭ އެސެސްމަންޓްތައް އަދި އިންޓަރވިއު އޮންނާނީ
27 އޮކްޓޫބަރު 2019 އިން 7 ނޮވެމްބަރު 2019 އާއި ދެމެދު އޮޑިޓަރ ޖެނެރަލްގެ އޮފީހުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚު ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. އެސެސްމެންޓްތަކާއި ގުޅިގެން ކުރަންޖެހޭ މުއާމަލާތްތައް އީމެއިލްގެ ޒަރީޔާއިންވެސް ކުރެވޭނެއެވެ

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންގެ ނަންތައް މިއޮފީހުގެ ވެބްސައިޓްގައި ޝާއިރުކުރެވޭނެއެވެ. އަދި ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  2. ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  3. މި މަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  4. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މި މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  5. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

17 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް (ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ).

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ،  3348200 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ،  [email protected] އެވެ.

06 އޮކްޓޫބަރު 2019
ހޯދާ