ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދިނުމާއި ބެހޭ

 ނަމްބަރ: IUL-D/423/2019/71     

އިޢުލާން

 

ބިން ކުއްޔަށް ދިނުމާއި ބެހޭ

މިއިދާރާގެ ނަމްބަރ: 70/IUL-D/423/2019 އިޢުލާނާއި ގުޅިގެން ދީފައިވާ މައުލޫމާތައް އިތުރު އިސްލާހްތަކެއް ގެންނަންބޭނުންވާތީ މިއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، ފަރެސްމާތޮޑާ ބަނދަރުމަތީ ސަރަހައްދުން ކުލީ ބިންނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  06 އޮކްޓޯބަރ 2019  ވާ އާދީއްތަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ.

އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 އޮކްޓޫބަރު 2019
ހޯދާ