މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކުގެ ގދ. ގައްދޫ ކެމްޕަހުގައި ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުން ވެއްޖެ.

މޯލްޑިވްސް ޕޮލިޓެކްނިކުގެ ގދ. ގައްދޫ ކެމްޕަހުގައި ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުން ވެއްޖެ.

1. މޯލްޑިވްސް ޕޮލިޓެކްނިކުގެ ގދ. ގައްދޫކެމްޕަހުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން

(ނަންބަރު:((IUL)213-AD/1/2019/61   އާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

 2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 30 ސެޕްޓެމްބަރ 2019 އިން 08 އޮކްޓޯބަރ 2019އަށް 08:00 އިން 14:00 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގައި ތިރީގައިވާ އެޑްރެހަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.

3. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 08 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 09 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ 1 ފަންގިފިލާގެ މީޓިންގ ރޫމްގައެވެ.

5. މި ބީލަމާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ހީރާސްކުރެވިފައިވާނެއެވެ.

6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މޯލްޑިވްސް ޕޮލިޓެކްނިކް

ރެހެންދި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3305417

އީ-މެއިލް: [email protected]

ގދ. ގައްދޫ ކައުންސިލް އިދާރާ

ގދ. ގައްދޫ

ފޯން: 6840003

އީ-މެއިލް: [email protected]

 

30 ސެޕްޓެންބަރު 2019
ހޯދާ