މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

އިޢުލާން

  މަޤާމް:

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:

J- 270846

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 5

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ ޖެނެރަލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޑަކުދިންގެ ހިޔާ، ވިލިމާލެ

މުސާރަ:

-/13890 ރުފިޔާ

ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • -/1500 ރުފިޔާ (ސަޕޯޓިންގ ކޯ އެލަވެންސް 2)
  • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި މުސާރައިގެ %35.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. 1.       ކުޑަކުދިންގެ ހިޔާގެ މަސައްކަތްތައް ގޮތުގައި ކަނޑައެޅިފައިވާ އެންމެހާ މަސައްކަތެއް ދުވަހުން ދުވަހަށް ހިނގަމުންދާގޮތް ބަލައި، މަސައްކަތުގައި މުވައްޒަފުންނަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއި، އެންމެހާ މަސައްކަތްތައް ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށްދާކަން ކަށަވަރުކުރުމާއި، މަސައްކަތް ހަލުވިކޮށް އިޞްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކުރިއަށް ގެންދިއުން.

    2.       ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާ، ވަޒީފާއަށް އަހުލުވެރިކުރުވުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމުގެ އެންމެހައި މަސައްކަތެއް ހިންގައި ބެލެހެއްޓުން.

    3.       ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންގެ ޙާޟިރީ އާއި ޗުއްޓީއާއި އިތުރުގަޑިއާއި އެހެނިހެން އެލަވަންސްތައް ހަމަޖެއްސުމުގެ އެންމެހައި މަސައްކަތެއް ހިންގައި ބެލެހެއްޓުން.

    4.       ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންގެ ރެކޯޑްތަކާއި، ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތަކާއި، ރެކޯޑް ފައިލްތައް ގަވާއިދުން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތެއް ކުރުން.

    5.       ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން އިސްލާޙްކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި އެކަންކަމުގެ ރެކޯޑުތައް ބެލެހެއްޓުން.

    6.       ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާއި މިޑްއިޔަރ ރިވިއު ހެދުމާބެހޭ ކަންތައްތައް ހިންގާ ބެލެހެއްޓުން.

    7.       ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންގެ އޮފީސް ކާޑު ހެދުމާއި ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

    8.       ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންނަށް ދޭން ނިންމާ އެކި އެކި އެލަވަންސްތަކާއި ގުޅޭގޮތުން ހަދަން ޖެހޭ އިޤްރާރްތަކާއި ގުޅޭގޮތުން ކުރަންޖެހޭ އެހެންމެހައި މަސައްކަތްތައް ކުރުން.

    9.       ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސްތައް ދިނުމުގެ އެންމެހައި ކަންކަން އިންތިޒާމްކޮށް މުސާރަދެވޭ ވަރަށް މަޢުލޫމާތުތައް ފުރިހަމަކުރުމަށްފަހު ބަޖެޓް އެންޑް ފައިނޭންސް ޔުނިޓަށް މަޢުލޫމާތު ފޯރުކޮށްދިނުން.

    10.   ކުޑަކުދިންގެ ހިޔާގެ ބޭނުމަށް ވަގުތީގޮތުން ލައްވަންޖެހޭ މީހުން ލެއްވުމުގެ އިންތިޒާމްތައް ހަމަޖައްސައި އެކަންކަން ހިންގައި ބެލެހެއްޓުމާއި، ވަގުތީ އަދި ކޮންޓްރެކްޓްގައި ތިބި މުވައްޒަފުންގެ ރެކޯޑްތައް ބަލަހައްޓައި، ރެކޯޑް ފައިލްތައް އަޕްޑޭޓްކުރުން.

    11.   ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންގެ ތަޢުލީމީ ފެންވަރު ހިމެނޭ ރެޖިސްޓްރީއެއް ޤާއިމްކޮށް ގަވާއިދުން ބެލެހެއްޓުން.

    12.   ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންނާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.

    13.   ކުޑަކުދިންގެ ހިޔާގެ ފައިސާއާއި ގުޅުންހުރި އެންމެހާ ކަންކަމުގައި މިނިސްޓްރީއޮފް ފިނޭންސް އެންޑް ޓްރެޜަރީ އާ ކުރަންޖެހޭ އެންމެހާ މުޢާމަލާތުތައް ކުރުމުގެ މަސައްކަތް ރާވާ އިސްކޮށް، ބެލެހެއްޓުން.

    14.   ކުޑަކުދިންގެ ހިޔާގެ މަސައްކަތްތަކަށް ބޭނުންވާ ބަޖެޓު ޕްލޭން އެކުލަވާ ލުމުގެ މަސައްކަތްތައް އިސްކޮށް ހިންގާ ބެލެހެއްޓުން.

    15.   ކުޑަކުދިންގެ ހިޔާގެ ބަޖެޓު ތައްޔާކުރުކުރުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތައް އިސްކޮށް ހިންގާ ބެލެހެއްޓުން.

    16.   ކުޑަކުދިންގެ ހިޔާއިން ޚަރަދު ކުރަންޖެހޭ ފައިސާ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޚަރަދުކުރުމުގެ މަސައްކަތްތައް އިސްކޮށް، ރާވާ، މޮނިޓަރ ކުރުމާއި، އިންޓަރނަލް އޮޑިޓިންގެ މަސައްކަތްތައް ރާވާ ހިންގުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

    17.   ކުޑަކުދިންގެ ހިޔާއިން ކުރެވޭ ޚަރަދުތަކާ ބެހޭ ރިޕޯރޓުތައް ގަވާޢިދާ އެއްގޮތަށް ތައްޔާރުކޮށް ބެލެހެއްޓުމުގެ އެންމެހާ ކަންތައްތައް އިސްކޮށް ރާވާ ހިންގާ ބެލެހެއްޓުން.

    18.   ކުޑަކުދިންގެ ހިޔާގެ ޕޭމަންޓް ވައުޗަރުތައް ތައްޔާރުކުރުވުމާއި ބިލްތަކަށް ފައިސާ ދެއްކުމުގެ އެންމެހާ މަސައްކަތްތައް އިސްކޮށް ރާވާ ހިންގާ ބެލެހެއްޓުން.

    19.   މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ދިނުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސައި، އެކަންކަން ހިންގާ ބެލެހެއްޓުން.

    20.   ކުޑަކުދިންގެ ހިޔާ އާއި އަމާންހިޔާ ހިންގާ އިމާރާތް ބެލެހެއްޓުމާއި މެއިންޓަނަންސް މަސައްކަތްތައް ހިންގާ ބެލެހެއްޓުން.

    21.   ކުޑަކުދިންގެ ހިޔާއަށް ހޯދާ ހަރުމުދަލުގެ އިންވެންޓްރީ ޤަވާއިދުން ބެލެހެއްޓުމާއިއެކު ޑޮނޭޝަންގެ ގޮތުގައި ލިބޭ ހަރުމުދަލުގެ އިންވެންޓްރީ ޤަވާއިދުން ބެލެހެއްޓުން.

    22.   އޮފީހުގެ ރަސްމީ މަސައްކަތްތަކާ ބެހޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓް ދާއިރާއެއްގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނު ފަރާތްތައް.
  • ދިވެހިބަހާއި އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 7 އޮކްޓުބަރު 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮކްޓޫބަރުމަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަރވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ. ޕްރެޒެންޓޭޝަނާއި ބެހޭ އިތުރު މައުލޫމާތުތައް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އީ-މެއިލްގެ ޒަރިއްއާއިން ހިއްސާ ކުރެވޭނެއެވެ. 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027564 ނަންބަރު ފޯނަށެވެ.

26 މުޙައްރަމް   1441ޙ

25 ސެޕްޓެމްބަރ 2019މ

 

 

25 ސެޕްޓެންބަރު 2019
ހޯދާ