މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވައިޓަލް ރަޖިސްޓްރޭޝަން ސެކްޝަންގެ ސަރވިސް ކައުންޓަރު އޭރިޔާ ހެދުން

މާލޭ ސިޓީ ކައުންސިލުގެ ދަށުން ހިންގަމުންދާ ވައިޓަލް ރަޖިސްޓްރޭޝަންގެ ސަރވިސް ކައުންޓަރު އޭރިޔާ ކުރެހުމާ އެއްގޮތަށް ހެދުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:(IUL)425-A2/425/2019/61 (01 އޯގަސްޓު 2019) އިޢުލާނާ ގުޅިގެން އަގުހުށަހެޅުމަށް ބޭއްވި ބައްދަލުވުމަށް އެކަށީގެންވާ ވަރަށް މީހުން ޚާޟިރުވެފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް  އަލުން  އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ މާފަންނު އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

02 އޮކްޓޫބަރ 2019

13:00

މާލޭ ސިޓީ ކައުންސިލްގެ އިދާރާ/ވައިޓަލް ރަޖިސްޓްރޭޝަން ސެކްޝަން

އަގު ހުށަހެޅުން

09 އޮކްޓޫބަރ 2019

13:00

މާލޭ ސިޓީ ކައުންސިލްގެ އިދާރާ/މާފަންނު އޮފީސް

 

          މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނަވަން ޖެހޭނެއެވެ. އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 3323901 އަށް ގުޅުއްވުން އެދެމެވެ.

 

 26 މުޙައްރަމް  1441

25 ސެޕްޓެމްބަރ 2019

25 ސެޕްޓެންބަރު 2019
ހޯދާ