ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އައި.ޓީ ޓެކްނީޝަން

މި އޮތޯރިޓީގެ (IUL)221-HRS/221/2019/44 ނަންބަރު އިއުލާނާއި ގުޅިގެން ކުރިމަތިލީ ފަރާތްތަކުން އެޕްލިކޭޝަނާއިއެކު ހުށަހެޅި ލިޔެކިޔުންތައް ފުރިހަމަ ނުވާތީ މި މަޤާމަށް އަލުން އިއުލާނުކުރަމެވެ.

 މަޤާމް:

 އައި.ޓީ ޓެކްނީޝަން

 ބޭނުންވާ ޢަދަދު:

 01

 މަޤާމުގެ ކްލެސިފިކޭޝަން:

 ސީނިއަރ އޮފިސަރ ގރ1

 މަޤާމުގެ ރޭންކް:

 MS1

 މަޤާމުގެ ގިންތި:

 ދާއިމީ

 ވަޒިފާއަދާ ކުރަންޖެހޭ ތަން:

 ލޯކަލް ގަވަރމަންޓް އޮތޯރިޓީ/ މާލެ.

 އަސާސީ މުސާރަ:

 5,610.00 ރ

 ސަރވިސް އެލަވަންސް:

 2,000.00 ރ

 އެހެނިހެން އެލަވަންސް:

 އެކްސްކްލޫސިވް ޖޮބް އެލަވަންސް:

 އަސާސީ މުސާރައިގެ 35% (ތިރީސް ފަސް އިންސައްތަ)

 ލިވިންގ އެލަވަންސް:

 3,000.00ރ (ޕްރޮބޭޝަނަށް ފަހު)

 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިގެންދާނެއެވެ.

 މަޤާމުގެ އަސާސީ ޝަރުތު:

 

 1. މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން.

 ނުވަތަ

 2. މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުމާއެކު މަގާމުގެ މަސައްކަތާއި  ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

 3. މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުމާއެކު މަގާމުގެ މަސައްކަތާއި  ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 އެހެނިހެން މަޢުލޫމާތު:

  • މަޤާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާތައް:
  •     އިންފޮމޭޝަން ޓެކްނޮލޮޖީ
  •     ކޮމްޕިއުޓަރ ސޮފްޓްވެއަރ އެންޑް ހާޑުވެއަރ
  • ތަޢުލީމީ ރޮނގުތައް:
  •     އިންފޮމޭޝަން ޓެކްނޮލޮޖީ 
  •     ކޮމްޕިއުޓަރ ސޮފްޓްވެއަރ އެންޑް ހާޑުވެއަރ
  • މަޤާމަށް ބޭނުންވާ އަސީސީ ޝަރުތުގައި ހިމެނޭ އެންމަތީ ސަނަދަށްވުރެ މަތީ ސަނަދު (އެއް ލެވެލް މަތި) ހާސިލްކޮށްފައިވާ ފަރާތްތައް އޯވަރކޮލިފައިޑް ކަމަށް ކަނޑައެޅޭނެއެވެ.
  • ވަޒީފާއަށް ނެގޭ މުވައްޒަފުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހަކީ ޕްރޮބޭޝަންގެ މުއްދަތެވެ.

 މަޤާމުގެ މައިގަނޑު   މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހުގެ ސާވަރ އާއި ނެޓްވޯކް ރައްކާތެރިކަމާއިއެކު ބަލަހައްޓައި ދިމާވާ މައްސަލަތައް ހައްލުކުރުން.
  2. ޓެލެފޯން ނެޓްވޯކާއި ޕީއަބީ ސިސްޓަމް ބެލެހެއްޓުން. 
  3. އޮފީހުގެ ކޮންޕިއުޓަރ ސިސްޓަމްތައް އަޕްގްރޭޑްކޮށް މަރާމާތުކޮށް ބެލެހެއްޓުން.
  4. މުވައްޒަފުންނަށް ހަދަންޖެހޭ އީމެއިލް، ލޮގިންސް އާއި އެކައުންޓްސްތައް ހަދައި ދިނުމާއި، އެކްސަސް ދޭންޖެހޭ ފޯލްޑާތަކަށް އެކްސަސްދިނުމާއި، ކަނޑައެޅިފައިވާ އުސޫލަކުން ވަކިވާ މުވައްޒަފުންގެ އެކައުންޓްތައް ޑީއެކްޓިވޭޓް ކުރުމާއި، އެކްސަސް ކަޑާލުން.
  5. ކޮމްޕިއުޓަރ ސިސްޓަމްތަކާއި އޮފީހުގެ ހުރިހާ އައިޓީ ސާމާނަށް ދިމާވާ ސޮފްޓްވެއަރ އަދި ހާޑްވެއަރ މައްސަލަތައް ޙައްލުކުރުން.
  6. މުވާޞަލާތީ ޚިދުމަތަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި، ތަރައްޤީކުރުމަށް މަސައްކަތް ކުރުން.
  7. އޮފީހުގެ މަސައްކަތްތަކާއި ގުޅުންހުރި ސޮފްޓްވެއަރތަކާއި،  އީ– ސަރވީސްތައް ތަޢާރަފްކޮށް ތަރައްޤީކުރުމަށް އެހީތެރިވެދިނުން.
  8. އައި.ޓީގެ ވަސީލަތްތަކަށް މުވައްޒަފުން ހޭލުންތެރިކުރުމާއި، އޮފީހަށް ހޯދާ އައިޓީ އާވަސީލަތްތަކަށް މުވައްޒަފުން ތަމްރީނުކުރުވުން.
  9. އޮފީސް ހިންގުމަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  10. އޮފީހަށް ގަންނަން ބޭނުންވާ މުދަލާއި، ތަކެތި ގަތުމަށް ބިޑް ކުރަންޖެހޭ ޙާލަތްތަކުގައި ބިޑުކޮށް، އެވޯޑް ކުރުމަށް ކުރަންޖެހޭ ކަންކަމުގައި އެހީތެރިވެދިނުން.
  11. އޮފީހުގެ މެޝިނަރީއާއި އިކުއިޕްމަންޓްސްތައް ބެލެހެއްޓުމާއި، މަރާމާތު ކުރަންޖެހޭ ހާލަތްތަކުގައި ހޯދަންޖެހޭ ހުއްދަ ހޯދުމަށްފަހު އެކަންކުރުން.
  12. ސެކްޝަނަށް އަންނަ ސިޓީ، ފެކްސް އަދި އީ.މެއިލް ފަދަ ތަކެތީގެ ތެރެއިން ސެކްޝަނުން ފިޔަވަޅު އަޅާ ޖަވާބު ދޭން ޖެހޭ ސިޓީ އަދި ފެކްސް ފަދަ ތަކެއްޗަށް ޖަވާބު ދިނުން.
  13. ސެކްޝަނުން ފައިލްކުރަންޖެހޭ ތަކެތި ފައިލްކޮށް ބެލެހެއްޓުން.
  14. އޮފީހުގެ ކަންކަން ޤާނޫނާއި ގަވާއިދާއި އެއްގޮތަށް ގެންދިއުމަށް މަސައްކަތްކުރުމާއި، އޮފީހުގެ ކަންކަން ކުރުމުގައި އިސްނަގާ ޙަރަކާތްތެރިވުމާއި، އޮފީހުގެ މަސައްކަތްތައް ތަރައްޤީކުރުމަށް އެހީތެރިވެދިނުމާއި، ރަނގަޅު މަސައްކަތު މާޙައުލެއް އުފެއްދުމަށް މަސައްކަތްކުރުން.
  15. ކަނޑައެޅޭ ތާވަލާއި އެއްގޮތައް އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތް ކުރުން.
  16. މިނޫންވެސް އޮފީހުން ހަވާލުކުރެވޭ އޮފީހާ ގުޅުން ހުރި ރަސްމީ މަސައްކަތްތައް ކުރުން. 

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ
  5. ލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  6. ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

ނޯޓް:

  • ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ  ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލޮފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ  ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ވަޒިފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓް ލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.
  • ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.

 މަޤާމަށް އެންމެ ޤާބިލު ފަރާތެއް   ހޮވުމުގައި ބެލޭނެ ކަންތައްތައް:

  • މަޤާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތެއްގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

         - ތަޢުލީމާއި ތަމްރީން: 40%

         - މަސައްކަތު ތަޖުރިބާ: 12%

         - ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): 48% 

  • މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ވަޒިފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން  [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އަދި އި-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުގެން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
  • ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، މައުލޫމާތު ސައްޙަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ.
24 ސެޕްޓެންބަރު 2019
ހޯދާ