މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލްގައި ބެހެއްޓިފައި ހުރި 20 ގަނޑު ފޮށި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އައު އިމާރާތަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

       ހުޅުމާލެ ހޮސްޕިޓަލްގައި ބެހެއްޓިފައި ހުރި 20 ގަނޑު ފޮށި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އައު އިމާރާތަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 17 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުން ފެށިގެން 22 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ހެނދުނު 10:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 23 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހު ހެނދުނުު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ23 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހު ހެނދުނުު 10:00 ކުރިން procurement@health.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

17 މުހައްރަމު 1441

19 ސެޕްޓެންބަރު 2019
ހޯދާ