ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓް

    ހދ.ނޭކުރެންދޫ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 01/2019/B14MC

ތާރީޚް:  16 ސެޕްޓެމްބަރ 2019

 

  1. މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް 3

 

ޢަދަދު

1

ސެކްޝަން: -  

 

މަސައްކަތްކުރަންޖެހޭ ތަން

ހދ. ނޭކުރެންދޫޫ މެޖިސްޓްރޭޓް ކޯޓް

 

އަސާސީ މުސާރަ

 -/4465 ރުފިޔާ

 

އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %20

- ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

- ލިވިންގ އެލަވަންސް:  މަހަކު -/2550 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު

 

1- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއިއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ލިބިފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއިއެކު، ޖީ. އެސް 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް

  1. ދަޢުވާ ނުވަތަ މައްސަލަތަކުގެ ފޯމްތައް ބަލައިގަތުން.
  2. މައްސަލަތަކުގެ ބަޔާންތަކާއި ޝަރީޢަތުގެ ރިޕޯޓް ލިއުން.
  3. ޝަރީޢަތުގެ މަޖިލިސްގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
  4. މައްސަލަތަކާއި ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ އެންމެހައި ލިޔެކިއުންތަކާއި، މެސެޖްތައް ފޮނުވުމާއި މެސެޖްތަކުގެ ޖަވާބުތައް ހޯދައި ފައިލްކުރުން.
  5. މައްސަލަތަކުގެ ފައިލްތައް ބެލެހެއްޓުމާއި، މައްސަލަތަކުގައި ޙާޟިރުކުރަންޖެހޭ ފަރާތްތަކަށް ޙާޟިރުވުމުގެޢަމުރު ފޮނުވުން.
  6. މައްސަލަތަކުގައި ސާފުކުރަންޖެހޭ ރެކޯޑް ސާފުކުރުން.
  7. ޙުކުމްއާއި ގުޅިގެން ތަންފީޛުކުރަނެޖެހޭ އެންމެހާ ކަންކަންކުރުމާއި، ކަމާބެހޭ ފަރާތްތަކަށް އެންގުން.
  8. ކާވެނި އަދި ވަރީގެ ދަފްތަރު ބެލެހެއްޓުން.
  9. ކައިވެނި، ވަރީގެ ސެޓްފިކެޓް ޙަވާލުކުރުމާއި، ވަރި ކައިވެންޏާއި ބެހޭ އެންމެހައި ތަކެތި ޙަވާލުކުރުމާއި، ޝަރުޢީ އަދި ވަރި ކައިވެނީގެ ރެކޯޑްތައް ބެލެހެއްޓުން.
  10. އެކި ފަރާތްތަކުން އަންގާ ޝަރުޢީ އަދި އިދާރީ ފައިސާ އާއި، އަދި މަރާމާތާ ބެހޭ ކަންކަން އެންގުން.
  11. ކުރިއަށް ކިޔާ މައްސަލަތަކުގެ ރިކޯޑް ބެލެހެއްޓުން.
  12. ކޯޓު ހުޅުވުމާއި ބަންދުކުރުން.
  13. ފައިސާ އާއިބެހޭ ލިޔެކިއުންތަކާއި ފޮތްަތައް ބެލެހެއްޓުން.
  14. ޔައުމިއްޔާ ލިއުން.
  15. ކޯޓުގެ ބޭނުންތަކަށް އަތޮޅު ކޯޓަށް ދަތުރުކުރުން.
  16. ތަފާސް ހިސާބު ބެލެހެއްޓުން.
  17. ފައިސާޚަރަދުކުރިގޮތުގެ ރިޕޯޓް ފޮނުވުން.
  18. ކޯޓުގެޢިމާރާތާއި ފަރުނީޗަރުތަކާއި އަދި އެންމެހައި ތަކެތި ބެލެހެއްޓުމާއި، ހޯދަންޖެހޭ ތަކެތި ހޯދުމާއި، މަރާމާތު ކުރުމާއި، އެތަކެތި ކޯޓުގެ އިންވެންޓްރީގައި ހިމެނުމާއި، ތަކެތީގައި ނަންބަރުޖެހުން.

 

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 

ސުންގަޑި

22 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ހދ.ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

 

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ހދ.ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6528957
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިންޓަވިއުކުރެވޭނީ ހަމައެކައި ޝޯޓްލިސްޓް ކުރެވޭ ފަރާތް ތަކަށްށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

 

މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއުޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތްކޮށްފައިވާ ނުވަތަ ކުރާ ފަރާތެއް ކަމުގައިވުން.

މީގެ އިތުރުން މިމަޤާމަށް މީހަކު ހޮވުމުގައި ޝަރުޢީދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 

         

                                            

16 ސެޕްޓެންބަރު 2019
ހޯދާ