ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާސަނަލް އެސިސްޓެންޓް (ޗާންސެލަރ)

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޕާސަނަލް އެސިސްޓެންޓް (ޗާންސެލަރ)  

ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު 9124.5

ސަރވިސް އެލަވަންސް

މަހަކު 3910.5 ރުފިޔާ

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ / ޗާންސެލަރ ބިއުރޯ

ސްޕައިން ޕޮއިންޓް

32

ގްރޭޑް

ADG6

މަޤާމުގެ ޝަރްޠުތައް:

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުންދިވެހިރާއްޖޭގެގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކުރުމަށްފަހު، އެޑްމިނިސްޓްރޭޝަންގެ ދާއިރާގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އުމުރުން 55 އަހަރުން މަތީގެ ފަރާތެއްކަމުގައި ނުވުން.
  • ފަރިތަކަމާއި އެކު އިނގިރޭސި ބަހުން ލިޔަން ކިޔަން ދަންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީ މަޖިލީހުގެ އިދާރީ އެންމެހާ ކަންކަން ޗާންސެލަރ އަންގަވާ ގޮތެއްގެ މަތިން ކުރުން.
  • ޗާންސެލަރ އޮފީހަށް ވަޑައިގެންނެވުމުގެ ކުރިން ޗާންސެލަރގެ ކޮޓަރިކޮޅު ހުރީ ރަނގަޅު ހާލަތެއްގައިކަން ކަށަވަރު ކުރުން.
  • ޗާންސެލަރ ރާއްޖެއާއި ރާއްޖޭން ބޭރަށް ކުރައްވާ ދަތުރު ތަކުގައި ބައިވެރިވުމާއި ދަތުރުތަކުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައި ދަތުރު ރިޕޯޓު ތައްޔާރުކޮށް ފައިލްކުރުން.
  • ބޭރުގެ ޔުނިވަރިސޓީތައް އަދި މުއައްސަސާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް ކޮށް ލިޔެކިޔުންތައް ފައިލްކުރުން، ބޭރުގެ މުއައްސަސާތަކާއެކު ވެވޭ އެއްބަސްވުންތައް ފޮލޯއަޕްކޮށް ފައިލްކުރުން.
  • ޔުނިވަރސިޓީ އަދި ޔުނިވަރސިޓީން ބޭރުގައި ޗާންސެލަރ ބައިވެރިވެވަޑައިގަންނަވާ ރަސްމީ ބައްދަލުވުންތަކުގެ ޔައުމިއްޔާ ގަވާއިދުން ދުވަހުން ދުވަހަށްލިޔެ ފައިލްކުރުން.
  • ޗާންސެލަރ އަށް ލިބޭ ސިޓީތައް ބަލައިގަނެ، ޗާންސެލަރގެ ފަރާތުން ފޮނުވަންޖެހޭ ސިޓީތަކާއި އެހެނިހެން ލިޔުންތައް ސަރުކާރުގެ އޮފީސްތަކާއި އެހެނިހެން ފަރާތްތަކަށް ފޮނުވުން.
  • ޔުނިވަރސިޓީގެ ދައުވަތަށް ވަޑައިގަންނަވާ ބޭރުގެ ބޭފުޅުންނަށް މަރުހަބާކިޔުމުގެ އެންމެހާ ކަންތައްތައް ހަމަޖެއްސުން.
  • ޔުނިވަރސިޓީގެ އަހަރީ ރިޕޯޓް ހެދުމުގެ މަސައްކަތް ޗާންސެލަރގެ ލަފާފުޅާ ބެއްލެވުމުގެ ދަށުން ކުރުން.
  • ޔުނިވަރސިޓީގެ ޗާންސެލަރ އަށް ޒިޔާރަތް ކުރައްވާ މެހުމާނުންނާއި އިއްޒަތްތެރިންނަށް މެހުމާންދާރީ އަދާކުރުން.
  • ޔުނިވަރސިޓީގައި ބޭއްވޭ ޖަލްސާ އަދި މުނާސަބަތުތައް އިންތިޒާމުކޮށް ޢަމަލީގޮތުން ބައިވެރިވުން.
  • ޔުނިވަރސިޓީގައި ހިނގާ ހަރަކާތްތަކުގެ ދައުވަތު މީޑިއަށް ފޮނުވައި، އިވެންޓްތަކުގެ މަޢުލޫމާތު މީޑިއާތަކާ ހިއްސާކޮށް، ޔުނިވަރސިޓިގެ ނޫސްބަޔާންނެރެ، އަދި އެ ޚަބަރުތައް ފައިލްކުރުން.
  • ޗާންސެލަރގެ ލަފާގެމަތިން، އެކި އެކި ބޭފުޅުންނަށް އަންގަންޖެހޭ ލިޔުންތައް ތައްޔާރުކޮށް އެބޭފުޅުންނަށް ރައްދުކޮށްދިނުން.
  • ބޭރުގެ އެކިއެކި ފަރާތްތަކާ އެކު އެޕޮއިންޓްމަންތައް ރާވައި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން.
  • ޗާންސެލަރ ބިއުރޯގެ މުވައްޒަފަކު ސަލާމް ނުވަތަ ޗުއްޓީގައިވާނަމަ އެ މުވައްޒަފަކު ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް އެކަމަކާ ޙަވާލުވެ ހުންނަވާ އެންމެ އިސްވެރިޔާ އަންގަވާ ގޮތެއްގެ މަތިން ކުރުން.
  • ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ޔުނިވަރސިޓީގެ މީޓިންގ ރޫމް ހުޅުވައި ލެއްޕުން.
  • ޔުނިވަރސިޓީގެ މަޖިލިހުގެ މީޓިންގތަކަށް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ) އަދި ޔުނިވަރސިޓީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ. ލިންކް އަކީ https://www.ium.edu.mv/gazette/job-application-form-dhivehi/ އެވެ.
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން 23:00 އާ ދެމެދު 06 ގަޑިއިރުއެވެ.
  • މި މަޤާމަށް މީހަކު ހޮވުމުގައި ގިނަވަގުތު އޮފީހުގައި އުޅެވޭނެ ފަރާތަކަށް އިސްކަން ދެވޭނެއެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ  25 ސެޕްޓެމްބަރ 2019 އިން  31 އޮކްޓޯބަރ 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ސުންގަޑި:  

މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 24 ސެޕްޓެމްބަރު 2019 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. އީމެލް ނުވަތަ ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022116ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
12 ސެޕްޓެންބަރު 2019
ހޯދާ