ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ސްޓޯރ ކީޕަރ

ނަންބަރު: HDC(161)-HR/IU/2019/113
ތާރީޚް: 11 ސެޕްޓެންބަރު 2019

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- ގްރޭޑް 10 ނިންމާފައިވުން
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

މަޤާމުގެ މަސްއޫލިއްޔަތު:
ސެކްޝަނުގެ ސްޓޯރ ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ހުރިހާ އައިޓަމްސްތަކުގެ އިންވެންޓަރީ ޗެކްކޮށް ބެލެހެއްޓުން
- ސްޓޮކް ބެލެހެއްޓުމާއި އޯޑަރ ކުރަންޖެހޭ ތަކެތި ދުވަހުން ދުވަހަށް އޯޑަރ ކުރަމުން ގެންދިއުން
- ސެކްޝަނުގައި ގެނގުޅޭ ޓޫލްސްތައް ބަލަހައްޓައި ސާވިސް ކުރުމަށް ފޮނުވަންޖެހޭތަކެތި ފޮނުވުމާއި، ސަވިސްކޮށް ނިމުމުން އަބުރާ މަސައްކަތަށް ދޫކުރުން
- އޯޑަރ ކޮށްފައިވާ ތަކެތި ގެނައުމުގެ ކަންކަން ކުރިއަށްދާ ގޮތް ޕުރޮކިއުމެންޓް އާއި ގުޅިގެން ބެލުން
- ސްޓޮކަށް އަލަށް ލިބޭ ތަކެތި ރަގަޅުތޯ ބަލައި ޗެކްކުރުން
- މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސްޕަވައިޒަރު ހަވާލުކުރާ މަގާމާއި، މަގާމުގެ މަސްޢޫލިއްޔަތާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައްކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: 4900.00ރ (އެލަވަންސްތަކާއެކު މަދުވެގެން 10800.00ރ މުސާރައެއް ލިބޭނެއެވެ.)
....................................................................................................................................................................................

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯރމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ޕޮލިސް ރިޕޯރޓް (އިންޓަވިއުއަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 17 ސެޕްޓެންބަރު 2019 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މައި އޮފީސް:
ގްރައުންޑް ފްލޯރ، ރިޝެޕްޝަން އެޗް.ޑީ.ސީ ބިލްޑިންގ
ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު: 3353535
ފެކްސް : 3335892

11 ސެޕްޓެންބަރު 2019
ހޯދާ