ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

                                                            ނަންބަރ: IUL)242/242/2019/24)

އިޢުލާން

 

           

 

ވަޒީފާގެ ފުރުޞަތު

 

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު ނަންބަރ

J-315671

ބޭނުންވާ އަދަދު

01

ރޭންކް

އެމް.އެސް 3

ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި

ވަގުތީ

ސަރވިސް އެލަވަންސް

2000.00 ރުފިޔާ

މުއްދަތު

2 އަހަރު ދުވަސް

 

 

މުސާރަ

7035.00 ރުފިޔާ

ސަޕޯޓިންގ ކޯއެލަވަންސް

 

ސެކްޝަން

އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް

އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ  ގދ. ތިނަދޫ

އެހެނިހެން އެލަވަންސް

-         ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-          ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ ޝަރުތު

1-   ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގުތަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-      ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގުތަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމްގެ ދާއިރާ:

  • އެޑްމިނިސްޓްރޭޝަން
  •  މެނޭޖްމަންޓް

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް

  1. ޕޮލިސީ ޕްލޭނިންގ އެންޑް އިންފްރަސްޓްރަކްޗަރ އެކޮނަމިކް ޑިވެލޮޕްމަންޓް ޔުނިޓްގެ މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ހިންގާ ބެލެހެއްޓުމާއި ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުމާއި، މުވައްޒަފުންގެ އެޕްރައިޒަލް ފޯމް ސިވިލްސަރވިސްގެ ޤަވާއިދާ އެއްގޮތައް ފުރިހަމަކޮށް ބެލެހެއްޓުން.
  2. އިދާރީ ދާއިރާގެ ފެންވަރުގައި އަތޮޅުކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިއެކި ފަރާތްތަކާއި ވިޔަފާރީގެ މުއާމަލާތްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުވުން.
  3. އަތޮޅުތަރައްޤީއަށް ހިންގަންޖެހޭ ޕްރޮގްރާމްތަކަށް ފަންޑުހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. އަތޮޅުކައުންސިލް އިދާރާއިން އަތޮޅުގެ ތަރައްޤީއަށް ހިންގޭ ޕްރޮގްރާމްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  5. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ އުފުލޭ އަދި ނުއުފުލޭ މުދާ ޤަވާއިދާ އެއްގޮތްވާގޮތުގެމަތިން އެހެނިހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށް ކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.
  6. ކައުންސިލުން ހިންގާ ލޯން ޕްރޮގްރާމްތަކުގެ މަޢުލޫމާތު ލޯނަށް އެދޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އަތޮޅުކައުންސިލްގެ ކުރަންޖެހޭ މަސައްކަތް ކުރުވުން.
  7. ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅުހޯދުމާއި އެފަދަ ތަންތަން ކުއްޔަށް ދިނުމާއި އިންވެސްޓްކުރުމާއި ކައުންސިލްގެ ނަމުގައި މިލްކު ކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މުވައްޒަފުންލައްވާ ކުރުވުމާއި އެފަދަ ތަންތަނުގެ ރެކޯޑް ބެލެހެއްޓުމާއި، ޕްލޭންގައި ރިއާޔަތްކޮށްފައިހުންނަން ބިންތައް ކައުންސިލުން ވަކިކަމަކަށް ބޭނުންވެގެން ހުށަހެޅުއްވުމުން އެކަން ހަމަޖެހިފައިވާ ޤަވާއިދާ އެއްގޮތައް ހުއްދަހޯދުމަށް ހައުސިންގ މިނިސްޓްރީއަށް ހުށަހަޅާ ހުއްދަހޯދުމަށްފަހު ޕްލޭނަށް އެބަދަލުގެނެސް އެކަން ރަށު ކައުންސިލަށް އެންގުން.
  8. ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާއިން އާމްދަނީ ހޯދުމަށް ހިންގޭ ޕްރޮގްރާމްތަކުގެ މަސައްކަތްތަގައި އަމަލީގޮތުން ބައިވެރިވެ މޮނިޓަކޮށް ބެލެހެއްޓުމާއެކު ދުވަހުން ދުވަހަށް ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކޮށް ރެކޯޑް ބެލެހެއްޓުން.
  9. އަތޮޅުގައި އިޖްތިމާއީ ރައްކާތެރިކަން ދެމެހެއްޓުމަށް ހިންގޭ ޕްރޮގްރާމްތައް ހިންގުމުގެ އެންމެހާ އިންތިޒާމް ހަމަޖައްސައި އެމަސައްކަތްތައް ކުރުވުމާއި އިޖްތިމަޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  10. ކައުންސިލަށް އާމްދަނީ ހޯދުމަށް ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކުރެވިފައި ބިންބިމާއި ފަޅު ގޮއިފާލައްބަ ފަދަ ތަންތަނުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި އެތަންތަނުގެ އާމްދަނީ ހޯދުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް މުވައްޒަފުންނާއި ގުޅިގެން ކުރުން.
  11. ރަށްވެހި ޚިދުމަތްތަކުގެތެރެއިން ޕްލޭނިން ޔުނިޓްގެ މަސައްކަތްތައް ރާވާހިންގާ ބެލެހެއްޓުން.
  12. ތާރީޚާއި ޘަޤާފީ ކަންކަން އަދި ކްލަބް ޖަމްޢިއްޔާތަކާއި ޒުވާނުންނަށް ހިންގޭ ހަރަކާތްތައް ރާވާ ހިންގުމުގައި ކުރަންޖެހޭ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  13. އަތޮޅުކައުންސިލް އިދާރާގެ ތަރައްޤީޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުމާއި އަދި ފޮނުވަންޖެހޭ ފަރާތްތަކަށް ލާމަރުކަޒީ ޤާނޫންގައި ވާގޮތުގެމަތިން ފޮނުވުމާއި އަދި ރަށުކައުންސިލްތަކުގެ ތަރައްޤީ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކުރާނެގޮތް ދަސްކޮށްދިނުމުގެ ވޯކްޝޮޕް ހިންގުން އަދި ޕްލޭންގައިވާ އެކްޓިވިޓީޒްތައް ހިގާ ނުހިގާގޮތް މޮނިޓަރކޮށް ކައުންސިލަށް ރިޕޯޓް ހަދަން ޖެހިފައިވާ ޤަވާއިދާ އެއްގޮތައް ހެދުމަށްފަހު ފޮނުވުން.
  14. ލޭންޑްޔޫސް ޕްލޭންގައިވާގޮތައް ލޭންޑް ސަރވޭކުރުމަށް ބޭނުންވާ އިކްވިޕްމަންޓް ބޭނުންކޮށްގެން ރަށްރަށުން ގޯތިދޫކުރުމަށް ބޭނުންވާ ސަރަހައްދުތަކުގެ ގޯތިތަކުގެ އިން ވަކިކޮށްދިނުމާއި ލޭންޑްޔޫސް ޕްލޭންގައިވާގޮތައް އެކިއެކި ބޭނުންތަކަށް ދޫކުރެވޭ ބިންތަކުގެ އިންތައް ޓޯޓަލް ސްޓޭޝަން ބޭނުންކޮށްގެން ވަކިކޮށްދިނުން.
  15. ރަށުކައުންސިލްތަކަށް ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެކިއެކި ބިންތަކާއި ގުޅޭގޮތުން ކައުންސިލްތަކަށް ފަންނީއަދި ޓެކްނިކަލް އެހީތެރިކަން ދިނުމާއި ރަށުކައުންސިލްތަކުން ލޭންޑްޔޫސް ޕްލޭންގައިވާ ބިންތައް ބޭނުންކުރެއްވުމުގައި ހުއްދައަށް އެދުމުން އެކަންކަމާއިމެދު ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނާއި ޤަވާއިދުތަކާއި އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާއިދުގެ އެނެކްސް 1 އަދި 2 ގައިވާގޮތައް އެ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް

  • މަސައްކަތާއިގުޅޭ ދާއިރާއިން ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ޕޮއިންޓް ދިނުން.
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް ޕޮއިންޓް ދިނުން.
  • ލިބިފައިވާ މަސައްކަތުގެ ހުނަރަށް (ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން) ޕޮއިންޓް ދިނުން.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއިއެކު ބާއްވާ އިންޓަވިއު 22 ސެޕްޓެމްބަރ 2019 އާއި 30 ސެޕްޓެމްބަރ 2019 އާ ދެމެދުގައި މި އިދާރާގައި ބޭއްވޭނެއެވެ.އަދިދިމާވާ ސަބަބަކާ ހުރެ އިންޓަވިއު ފަސްވާނަމަ އެކަން އެ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް ހުށަހަޅާނީ 22 ސެޕްޓެމްބަރ2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

1- ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާއިން، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ) ލިބެން ހުންނާނެއެވެ.

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

3- ވަޒީފާއަށް އެދޭ ފަރާތުގެދިވެހި ރައްޔިތެއްކަން އަންގައިދޭ،މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  

4- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ

7- ސިވިލް ސަރވިސްގެ ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްތަކުގެ ކޮޕީ

މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންނެއްގައި ވަޒީފާ އަދާކޮށްފިނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މިއުލާނާ ގުޅިގެން މައުލޫމާތެއް ސާފްކުރައްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 6841032 ނަންބަރު ފޯނާއެވެ.

12 މުހައްރަމް 1441

11 ސެޕްޓެމްބަރ 2019

 

 

                                                           މުޙައްމަދު ނާސިޙް ރަޝީދު

                                                     ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ ރައީސް

11 ސެޕްޓެންބަރު 2019
ހޯދާ