މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ބަލިމީހުން ބަލަހައްޓާ

މި އިޢުލާންވަނީ 11 ސެޕްޓެންބަރު 2019 1357 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.  

  މަޤާމް:

ބަލިމީހުން ބަލަހައްޓާ

މަޤާމުގެ ނަންބަރު:

J-315047، J-315048، J-315049، J-315050، J-315051، J-315052، J-315053، J-315054،  J-315055، J-315056، J-315057،  J-315058،  J-315059، J-315060، J-315061،  J-315062، J-315063، J-315064، J-315065، J-315066، J-315067، J-315068، J-315069، J-315070، J-315071، J-315072

ބޭނުންވާ އަދަދު:

26 (ސައްބީސް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު / ކ. ގުރައިދޫ

މުސާރަ:

-/3,100.00 ރުފިޔާ

ސަރވިސް އެލެވަންސް:

-/1,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • -/1,200.00 ރުފިޔާ (ސަޕޯޓިންގ ކޯ އެލަވަންސް 1)
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ރިސްކް އެލަވަންސް (މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 100/- ރުފިޔާ)

 

 

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ކާންދިނުމުގައި ކަޑައެޅިފައިވާ މެނޫއާއި ސްޕަވައިޒަރުގެ މަޝްވަރާއާއި އެއްގޮތަށް ފަރުވާތެރިކަމާއެކު ކާންދިނުން. އަދި ކާގަޑިތަކުގައި ހިފާގެންގުޅޭ ކަންވާރުފަދަތަކެތި ރަނގަޅަށްދޮވެ، ރައްކާތެރިވާފަދަ ގޮތަކަށް ކާންދިނުން.
  2. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ބޭނުންކުރާ އަންނައުނު އަބަދުވެސް ސާފުތާހިރުކޮށް ބެހެއްޓުމަށް ސަމާލުކަންދީ މަސައްކަތްކުރުން.
  3. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ބޭނުންކުރާ ފާޚާނާތަށް ސާފުތާހިރުކޮށް ބެލެހެއްޓުން.
  4. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ނިދުމާއި، އަރާމްކުރުންފަދަ ކަންތައްތަކަށް ބާރުއަޅުވާ އެހީތެރިވެދީ ހެދުން.
  5.  ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ނިދާތަންމަތި ސާފްކޮށް ބެލެހެއްޓުމާއި ދުވާލަކު މަދުވެގެން ދެފަހަރު އެނދުތަންމަތި ރީތިކުރުމާއި ހަޑިވާ ތަކެތި ބަދަލުކުރުން.
  6. ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުގައި ހުންނަ ވޯރޑްތަކުގައި ބޭނުންކުރާ ބެޑްޝީޓް ބާލީހުއުރަ، އަންނައޮނު ތުވާލި ފަދަ ތަކެތި ދޮވެސާފްކުރުމަށް ލޯންޑްރީއާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައް ފަރުވާތެރިކަމާއެކު ކުރުން.
  7. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ފެންވެރުވުމަށާއި، ރީތިވުމަށް ބޭނުންވާ ތަކެތި ރަނގަޅަށް  ބަލަހައްޓާ އިސްރާފުނުވާނެ ގޮތުގެމަތިން އެތަކެތި ބޭނުންކުރުން.
  8. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން، ކޮންމެ 24 ގަޑިއިރުން މަދުވެގެން ދެފަހަރު ދަތްއުނގުޅުވާ ރަގަޅަށް ފެންވަރުވާ ރީތިކުރުން. މިކަންކުރުމުގައި އޯގާތެރިކަމާއި، މަޑުމައިތިރިކަމާއެކު އަޅާލާމީހެއްގެ ގޮތުގައި މަސައްކަތްކުރުމަށް ސަމާލުކަންދީގެން ކުރުން.
  9. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ކަޑައެޅިފައިވާ ވަގުތުތަކުގައި ބޭސްދިނުމާއި، ފަރުވާދިނުމުގައި ގާތްކަމާއިއެކު ސިއްޙީ ޚިދުމަތް ތެރިންނަށް އެއްބާރުލުންދީ އަޅާލާ އެހީތެރިކަން ދިނުން.
  10. ދުވާލަކު މަދުވެގެން ދެފަހަރު ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ފެންވަރުވާ ނެޕީބަދަލުކޮށް، ރީތިކުރުވުން. އަދި ނެޕީ ބަދަލު ކުރަންޖެހޭ ޙާލަތްތަކުގައި އަބަދުވެސް ނެޕީ ބަދަލުކޮށް ސާފުކުރުވުން.
  11. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންގެ ތެރެއިން އަމިއްލައަށް ފެންވަރާ ފާޚާނާކޮށް، ފެންވަރާ ދަތްއުނގުޅާ، ރީތިނުވެވޭ ފަރާތްތަކަށް އެކަންކަމުގައި އިޚްލާސްތެރިކަމާއިއެކު އެހީތެރިވުން.
  12. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންގެ ހާލަތު އަބަދުވެސް އެނގޭފަދަ ގޮތަކަށް ޑިއުޓީތަކުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ރާވައިގެން ކުރުން.
  13. ވޯޑްތެރެއާއި، މާހައުލު އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުން. އަދި ފާޚާނާތަކާއި، ތަޅުންގަނޑު އެންޓިސެޕްޓިކް ލިކުއިޑެއް ބޭނުންކޮށްގެން މަދުވެގެން ދުވާލަކު 2 ފަހަރު ސާފްކުރުން. މީގެ އިތުރުންވެސް ހަޑިވާ ޙާލަތްތަކުގައި އަބަދުވެސް ސާފުކުރުން.
  14. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ގެއްލުންވާފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރާކަން ނުވަތަ އެފަދަ ކަމެއް ފެނި ނުވަތަ އެނގިއްޖެނަމަ އެކަމެއް ހުއްޓުވާ ރަގަޅު ކުރެވޭނެގޮތަކަށް އަބަދުވެސް ސަމާލުކަންދީގެން އުޅުން.
  15. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް އަންނައުނު ކޮންމެމީހަކަށްވެސް ވަކިން ބޭނުންކުރެވޭނެ ގޮތަކަށް ބާރުއަޅާ ރައްކާތެރިކަމާއެކު އެތަކެތި ބެލެހެއްޓުން.
  16. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ބޭނުންކުރާތަކެއްޗާއި  ވޯރޑްގައި ބޭނުންކުރާ ތަކެތީގެ ތެރެއިން ކުނީގެ ގޮތުގައި އުކާލެވޭތަކެތި ރައްކާތެރިގޮތެއްގައި ނައްތާލުން.
  17. ކާތަކެތި އުފުލުމާއި ކާންދިނުމުގައި ސިއްހީގޮތުން ރައްކާތެރިކަމަށް ބަލައިގެން ފަރުވާތެރިކަމާއެކު ކުރުން.
  18. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނާއި ގިނަގިނައިން ވާހަކަދައްކާ ރުހޭގޮތަކަށް ވާންހުންނަ ކަންތައްތައް ކޮށްދީގެން މުނިފޫހިފިލުވުމާއި، މަޖާގޮތެއްގައި ގެންގުޅުމަށް އިޚްލާސް ތެރިކަމާއެކު މަސައްކަތް ކުރުން.
  19. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ވޯޑުން ބޭރުގައި އުޅޭ ވަގުތުތަކުގައި ޚާއްޞަ ސަމާލުކަންދީގެން ވާނުވާބެލޭނެފަދަ އިންތިޒާމެއް ރާވައިގެން މަސައްކަތްކުރުން.
  20. ޚިދުމަތުގައި ބޭނުންކުރާ މެޝަނަރީއާއި ހިފާގެންގުޅޭ ތަކެއްޗާއި، ފަރުނީޗަރާއި، އަންނައުނު ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  21. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންގެ ޙާލަތާއި ގުޅޭގޮތުން މަރުކަޒުން ހިންގާ އެކިއެކި ހަރަކާތްތަކާއި، މަސައްކަތްތަކާއި، ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  22. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނާއެކު ކުރަންޖެހޭ ދަތުރުތަކާއި ދާންޖެހޭތަންތަނަށް ދިއުން.
  23. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ޑރ ދީފައިވާ ޕްލޭނުގައި ހިމެނޭ ކަންތައްތަކުގެ މަރުކަޒުންދޭ އިރުޝާދާއެކު ފަރުވާތެރިކަމާއެކު ކުރުން.
  24. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނާއި ގުޅިގެން ތަނުގައި ހަދާފައިވާ ޤަވައިދާ، އުސޫލުތަކާއެއްގޮތަށް ފަރުވާތެރިކަމާއެކު އަމަލުކުރުން
  25. ވޯރޑްތަކުގައި ބޭނުންކުރާ ތަކެތީގެ ހިސާބު ކިތާބު ބެލެހެއްޓުން.
  26. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ޚިދުމަތްދިނުމާއި، މުއާމަލާތް ކުރުމުގައި އަބަދުވެސް އޯގާތެރިކަމާއި ހަމްދަރުދީއާއި، އިހުތިރާމާއެކު މަސައްކަތް ކުރުން.
  27. މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް އޮފީހުން ޙަވާލުކުރެވޭ އެންމެހައި ރަސްމީ މަސައްކަތް ކުރުން.
  28. ސިވިލް ސަރވިސް ކޯޑް އޮފް ކޮންޑަކްޓަށް ޢަމަލުކުރުން.

 

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން އެނގުން.

(ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން)  

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓުންނާއި (www.gender.gov.mv)  ކައުންޓަރުން، އަދި ޙާއްސަ އެހީއަށް ބޭނުންވާ މަރްކަޒުން  ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ސެޕްޓެމްބަރ ނުވަތަ 2019 އޮކްޓޯބަރ މަހު، މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައެވެ.

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027546 ނަންބަރު ފޯނަށް، ނުވަތަ 6640361 ނަންބަރު ފޯނަށެވެ.

                       12 މުޙައްރަމް 1441ހ

                       11 ސެޕްޓެމްބަރ 2019މ

11 ސެޕްޓެންބަރު 2019
ހޯދާ