ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒާއި ގުޅޭ

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒާއި ގުޅޭ

 

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމުކޮށްގެން ފަންނު އެކްސްޕޯގެ ނަމުގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒެއް މިއަހަރުގެ ނޮވެންބަރު 22 ން 28 އަށް ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަދި މި މައުރަޒު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންމެ އަތޮޅަކުން ބައިވެރިކުރެވޭ ތަކެތި އެ އަތޮޅަކަށް ނުވަތަ އެ ސިޓީއަކަށް ޚާއްޞަކުރެވޭ ސްޓޯލެއްގައި ބަހައްޓައިގެން ވިއްކޭ ގޮތަށެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

 

ވީމާ، މި މައުރަޒުގައި ބައިވެރިވުމަށް ބޭނުންވެލައްވާ ފަރާތްތަކުން މި އިދާރާއިން މަޢްލޫމާތު ސާފުކުރެއްވުމަށްފަހު މި ކަމަށް ތައްޔާރުކުރެވިފައިވާ ފޯމް ފުރިހަމަ ކުރައްވައި ހުށަހެޅުއްވުން އެދެމެވެ.

 

11 މުޙައްރަމް   1441

10 ސެޕްޓެންބަރު 2019

10 ސެޕްޓެންބަރު 2019
ހޯދާ