މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
'މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމް، ނ. އަތޮޅު' – އާއި ގުޅޭ

   އިޢުލާން

'މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމް، ނ. އަތޮޅު' – އާއި ގުޅޭ

މި މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ނ. އަތޮޅުގެ ރަށްރަށުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން 'މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް' ރޭވުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.

އެގޮތުން ނ. އަތޮޅުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްޓަކައި ނ. އަތޮޅުގެ ރަށު ކައުންސިލްތައް މެދުވެރިކޮށް މިނިސްޓްރީން ވަނީ އެމަސައްކަތް ފަށާފައެވެ.

އެހެންކަމުން، ނ. އަތޮޅުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާތަކާބެހޭ މަޢުލޫމާތު، އެ ޖަމްޢިއްޔާއެއްގެ ރަޖިސްޓްރީ ކޮށްފައިވާ އިދާރާ ހުންނަ ރަށުގެ ރަށު ކައުންސިލަށް 15 ސެޕްޓެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފޮނުއްވައި ދެއްވުން އެދެމެވެ.

އަދި ރިޒޯޓު ނުވަތަ ސިނާޢީ މަސައްކަތް ކުރާ ރަށެއްގައި ޖަމްޢިއްޔާގެ އިދާރާ ރަޖިސްޓްރީ ކޮށްފައިވާނަމަ، ނ. އަތޮޅުގެ އަތޮޅު ކައުންސިލަށް އެ މަޢުލޫމާތު ފޯރުކޮށްދެއްވުން އެދެމެވެ.

މި ކަމާއިބެހޭ ގޮތުން އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، 3347387 އަށް ގުޅުއްވުން އެދެމެވެ.

                                               10 މުޙައްރަމް   1441

10 ސެޕްޓެންބަރު 2019
ހޯދާ