ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ތަމްރީންތަކުގައި ބޭނުންކުރާ ފަޔަރ އެންޑް ސަވައިވަލް ޓްރެއިނިންގ ކޮންޕްލެކްސްގެ ވަށާ ފާރު މަރާމާތުކޮށް، އިރުމަތީފާރުގައި ހަރުކުރެވިފައިވާ ދަގަނޑު ގޭޓު ބަދަލުކުރުމުގެ މަސައްކަތް، މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާގޮތަށް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު :   MNU-CA-PAMD/2019/44 އިއުލާން އާއި ގުޅިގެން ދީފައިވާ މަޢުލޫމާތަށް ބަދަލެއް އައިސްފައިވާތީ، އެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
  2. ވީމާ، މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 05 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 10:30 އަށް ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒަށް (ވިލިމާލޭގައި ހުންނަ) ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ. ބީލަން  ބަލައިގަތުން އޮންނާނީ 10 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ.
  3. މިކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުނަމަ ގުޅުއްވާނީ 3345222 މިނަންބަރަށެވެ.

 

                                   

2 މުޙައްރަމް 1441

                                                1 ސެޕްޓެމްބަރ 2019

01 ސެޕްޓެންބަރު 2019
ހޯދާ