މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުމަށް - ސަޤާފީ ބޮއްކުރާ ރޭސް އަދި ޑިނަރނައިޓުގެ ކެއުމުގެ އިންތިޒާމު

އިޢުލާން

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގައި ހިމެނޭ ބޮއްކުރާ ރޭސް އަދި ޑިނަރނައިޓު މިއަހަރުގެ ސެޕްޓެންބަރު މަހުގެ 26 ވާ ބުރާސްފަތި ދުވަހު ފެލިދެ އަތޮޅު (ވ) ތިނަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ދެ ޙަފުލާގެ ކެއުމުގެ އިންތިޒާމް ހަމަޖެއްސުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 12:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިމިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

26 ޛުލްޙިއްޖާ 1440

27 އޮގަސްޓް 2019
ހޯދާ