މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިދޯނިފަހަރުން ކުލިނެގުމާއި ގުޅޭ

އޮޑިދޯނިފަހަރުން ކުލިނެގުމާއި ގުޅޭ

މިރަށުގައި އޮޑިއެހެލާ ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދަށް އެހެލާ ގިނަދުވަސް ވެފައިވާ އުޅަނދުތައް ހުރުމުގެ ސަބަބުން އޮޑިއެހެލުމަށް ބޭނުންވާ ފަރާތްތަކަށް އޮޑިއެހެލުމަށް ދަތިތަކާއި ކުރިމަތިވަމުންދާ މައްސަލަ ހައްލުކުރުމަށް ބޭނުންވެއެވެ. އަދި ހަމައެހެންމެ ރަށުގެ ހޭޅިފަށާއި މަގަށްވާގޮތަށް އެހެލާ ގިނަދުވަސްވެފައިވާ އުޅަނދުތައްވެސް އެތަންތަނުން ނަގާ ބިން ސާފުކުރުމަށް ބޭނުންވެއެވެ.

އެހެންކަމުން މިކައުންސިލުގެ ފުރަތަމަ ދަޢުރުގެ 2011 ވަނައަހަރުގެ 14 ވަނަ އާއްމު ޖަލްސާއިން ނިންމާފައިވާ ނިންމުމާއިގުޅިގެން އޮޑިއެހެލާ އެސަރަޙައްދާއި، ހޭޅިފަށާއި މަގަށްވާގޮތަށް އެހެލާ 1 އަހަރަށްވުރެ ގިނަދުވަސްވެފައިވާ އޮޑިދޯނި ފަހަރު ބޭލުމަށް 27 އޯގަސްޓު 2019 ވަނަ ދުވަހުން 26 އޮކްޓޯބަރ 2019 ވަނަ ދުވަހާއި ހަމައަށް މުއްދަތު ދެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި އެމުއްދަތު ހަމަވުމަށްފަހު ހިނގާކޮންމެ ދުވަހަކަށް އޮޑީގެ ދިގުމިނާއި ފުޅާމިނަށް ބަލާ އަކަފޫޓަކަށް -/1ރ (އެއްރުފިޔާ) ގެ ރޭޓުން ކުލި ހިނގަމުންދާނެ ވާހަކަ އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27  އޯގަސްޓް  2019

27 އޮގަސްޓް 2019
ހޯދާ