ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                             ނަންބަރު: BAM/IUL/2019/40

 

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

           މިއެސޯސިއޭޝަނަށް ތިރީގައި މިދަންނަވާ މަގާމަށް މުއައްޒަފަކު ބޭނުން ވެއްޖެއެވެ.

މަގާމް:

އެޑްމިން މެނޭޖަރ

މަޤާމްގެ ބާވަތް

ދާއިމީ

ބޭނުންވާ އަދަދު:

1

މުސާރަ އަދި އެލަވަންސް:

-/12000 ރ (ބާރަ ހާސް ރުފިޔާ)

މަސައްކަތް ކުރަންޖެހޭ ތަން:

ބެޑްމިންޓަން އެސޯސިއޭޝަން އޮފީސް، ކުޅިވަރު އެކުވެނި، މާލެ، ދިވެހިރާއްޖެ

މަސައްކަތުގެ ޑެޑްލައިން:

1-      ގަޑިއަށް އޮފީސް ހުޅުވުމާއި އޮފީސް ނިމުމުން އޮފީސް ބަންދުކުރުން

2-      މުއައްޒަފުންގެ ޙާޒިރީބެލުން

3-      މެމްބަރޝިޕް ފީބަލައިގަތުމާއި މެމްބަރޝިޕް ކާޑުހެދުން

4-      ދުވަހު ޔައުމިއްޔާ އަދި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން

5-      ބަލަހައްޓަންޖެހޭ ރެކޯޑްތައް ބެލެހެއްޓުން.

6-      އޮފީހަށް އެތެރެވާ ލިޔުންތަށް ދުވަހުންދުވަހަށް އެންޓްރީހަދައި ފައިލްކުރުން

7-      އެސޯސިއޭޝަންއިން ހަމަޖައްސާފައިވާ ޑިއުޓީތަކަށް ފަރުވާތެރިކަމާއިއެކު ހާޞިރުވުމަށް ސަމާލުކަންދިނުން

8-      ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން އެސޯސިއޭޝަންގެ ރަސްމީ މަސައްކަތާގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

9-      އިންޑޯ ބެޑްމިންޓަން ހޯލުގެ ކޯޓުތަކާއި ލައިޓް ތަށް ޗެކްކޮށް ރިޕޯޓްކުރުން

10-  އެސޯސިއޭޝަންއަށް އެކިކަންކަމު އަންނަ ފަރާތްތަކާ މުޢާމަލާތު ކުރުމުގައި އަދި ފޯނުކޯލްތަކަށް ޖަވާބުދިނުމުގައި އޯގާތެރިކަމާއެކު މުއާމަލާތުކުރުން އަދި އަވަސް ޚިދުމަތް ފޯރުކޮށްދިނުން.

11-  އެސޯސިއޭޝަނަށް އަންނަ ސިޓީފަދަ ތަކެތި ބަލަހައްޓާ ދުވަހުން ދުވަހަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅައިގެން އެފަދަ ސިޓީތަކުގެ ޖަވާބު ތައްޔާރުކުރުކޮށް ފޮނުވުން.

12-  އެސޯސިއޭޝަންއިން ހިންގާ މުބާރާތްތައް، ޕްރޮގްރާމްތަކާއި ޖަލްސާ ތަކަށް އެހީވުން.

13-  އަހަރު ނިމުމުން އޮފީހުގެ ރަސްމީ ފައިލްތަކާ ފޮތްތައް ހުންނަ ކަބަޑުތައް ސާފުކުރުވާ ގިނަ ދުވަސްވީ ފޮތްތަކާ ފައިލްތައް ސްޓޯރ އަށް ބަދަލުކުރުން.

ފެންވަރު ނުވަތަ ޝަރުތު:

1-      މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ ލެވަލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

14-  'މަތީ ސާނަވީ ފުރިހަމަކޮށްފައި ވުމާއިއެކު، މަސައްކަތާއިގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އޮގަސްޓް 2019 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން، ބެޑްމިންޓަން އެސޯސިއޭޝަން އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. 

2-       

ހުށަހަޅަންޖެހޭ ލިޔުންތައް:

1-  ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިއެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv/ އިން ލިބެން ހުންނާނެއެވެ.)

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ

4-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

 

ވަޒީފާއަށް އެންމެ     ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1-      ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

2-      މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

3-      ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

            މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3314057 ނަންބަރު ފޯނާއެވެ.

25 އޮގަސްޓް 2019

25 އޮގަސްޓް 2019
ހޯދާ