ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުން

ފުވައްމުލަކު ދިގުވާނޑު އަވަށު ގާހިރާ ގޯތީގެ ދެކުނު ފަރާތުގައި އޮތް ގޯޅީގެ ދެކެނުން އޮތް ހުސްބިމުގައި  ހުރި ނަންބަރ 01 ޖަހާފައިވާ ރުކުގެ ނީލަންކިޔުން 27 އޮގަސްޓު 2019 (އަންގާރަ) ދުވަހު 9:00 ގައި އެބިމުގައި އޮންނާނެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 27 އޮގަސްޓު 2019 ވަނަ ދުވަހު 9:00 އަށް އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. ނީލަންނަންގަވާ ފަރާތްތަކުން 28 އޮގަސްޓް 2019 ވަނަ ދުވަހު 12:00 ގެ ކުރިން ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން  (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ފައިސާ ދައްކަވައި 28  އޮގަސްޓް 2019 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ރުއް ކަޑައި ރުކުގެ ހުރިހާ ބައިތަކެއް އެތަނުން ނަންގަވަން ވާނެއެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލާ އުކާލެވޭނެއެވެ.

މިހެންވެމިކަން އަންގައި އިޢުލާން ކުރަމެވެ.        

20 އޮގަސްޓް 2019
ހޯދާ