ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ފުޓްބޯޅަ ދަނޑުގެ ފެންސްނުޖަހާ އޮތްބައިގާ ފެންސް ޖެހުން (3 ވަނަ ފަހަރަށް ކުރާ އިޢުލާން)

ނައިފަރު ފުޓްބޯޅަ ދަނޑުގެ ފެންސް ނުޖަހާ އޮތް ބައިގެ ފެންސް ޖެހުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް މިކައުންސިލުން ކޮށްފައިވާ ނަންބަރު (IUL)327-C/327/2019/103 އިޢުލާނާއި ގުޅިގެން ފޯރުކޮށްދީފައިވާ މަޢުލޫމާތު ކަރުދާހުގައި ކަނޑައެޅިފައިވާ ވެއިޓޭޖްތަކާއި، އިވެލުއޭޓްކުރާ ފޯމިއުލާގައިވާ ވެޓޭޖްތައް ދިމަނުވާތީ، ލިބިފައިވާ ބިޑްތައް ބާޠިލްކޮށް އަލުން މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރުމަށް ބިޑް ކޮމިޓީއިންވަނީ ނިންމަވާފައެވެ. ވީމާ، މިމަސައްކަތްކުރުމަށް ޝާޢުގުވެރިވެލައްވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑް ޑޮކިޔުމެންޓްސް ނެންގެވުން އެދެމެވެ.ބިޑް ޑޮކިޔުމެންޓްސް ދޫކުރެވޭނީ ސޮފްޓްކޮޕީ ފޯމެޓްގައެވެ. ވީމާ ޑޮކިޔުމެންޓްސް ބައްލަވައި އޮފީހަށް ދުރުވާއިރު ޔޫއެސްބީ ސްޓޯރޭޖް ޑިވައިސްއެއް ގެންނަވަން ވާނެއެވެ.ބިޑް ޑޮކިޔުމެންޓްސް މެއިލްއިން ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 6620340 ށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] ށް އީމެއިލްކުރެއްވުން އެދެމެވެ.

ވީމާ، މިކޮންޓްރެކްޓާއިމެދު ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބިޑް ހުށަހެޅުއްވުން އެދެމެވެ. މިއީ މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރެވޭ 3 ވަނަ ފަހަރު ކަމަށްވާތީ އެންމެ ފަރާތަކުން ބިޑް ހުށަހެޅި ކަމުގައި ވިޔަސް ހުށަހެޅުން އެކަށީގެންވާނަމަ އެފަރާތާއި މަސައްކަތްކުރުމަށް ހަވާލުކުރެވޭނެއެވެ.

ބިޑް ޑޮކިޔުމެންޓްސް ދޫކުރުން

21 އޯގަސްޓް 2019 އިންފެށިގެން ޕްރީބިޑް މީޓިންގއާ ހަމައަށް ނައިފަރު ކައުންސިލްގެ އިދާރާގައި

 

ޕްރީބިޑް މީޓިންގ

29 އޯގަސްޓް 2019 (ބުރާސްފަތި) – 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައި

( ޕްރީބިޑް މީޓިންގަށް ދުރުވާއިރު ބިޑް ޑޮކިޔުމެންޓްސް ގެންނެވުން އެދެމެވެ. )

 

ބިޑް އޯޕަން މީޓިންގ

05 ސެޕްޓެމްބަރ 2019 (ބުރާސްފަތި) – 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައި

ޕްރީބިޑް މީޓިންގގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

20 އޮގަސްޓް 2019
ހޯދާ