މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
ސާކް ހޭންޑިކްރާފްޓް އެގްޒިބިޝަން އެންޑް ވަރކްޝޮޕް 2019

               ސާކް ކަލްޗަރަލް ސެންޓަރ (އެސް.ސީ.ސީ) އިން އިންތިޒާމްކޮށްގެން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ކުރީކޮޅުގައި ސާކް ހޭންޑިކްރާފްޓް އެގްޒިބިޝަން އެންޑް ވަރކްޝޮޕް 2019 ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

              މި އެގްޒިބިޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް ލޯކަލް ހޮސްޕިޓަލިޓީ (އެކޮމޮޑޭޝަން އަދި ލޯކަލް ޓަރާންސްޕޯޓް) ސާކް ކަލްޗަރަލް ސެންޓަރުގެ ފަރާތުން ހަމަޖައްސަވާދެއްވާނެއެވެ.

              މި އެގްޒިބިޝަންގެ ކޮންސެޕްޓް ކަރުދާސް މި އިޢުލާނާއެކުގައި ޝާއިޢު ކުރެވިފައިވާނެއެވެ.

              ވީމާ، މި އެގްޒިބިޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ފަރާތުގެ ސީ.ވީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ  އެންޑް ހެރިޓޭޖްގެ އީމެއިލް mach.gov.mv@admin އަށް 21 އޮގަސްޓް 2019 (ބުދަ) ދުވަހުގެ 13:30 ކުރިން ފޮނުވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ފޯން ނަންބަރު: 3340206 އަށެވެ.

18 އޮގަސްޓް 2019
ހޯދާ