މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބ. ފެހެންދޫއިން ބ.ގޮއިދޫ އަށް ދަރިވަރުން ގެންދިއުމަށްޓަކާ އުޅަނދެއް ފަރުމާކޮށްދޭނޭ ފަރާތެއް ހޯދުމަށް

`

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

 

     މާލެ،

   ދިވެހިރާއްޖެ.

                                       އިޢުލާން ނަންބަރ:   187/IUL)22-G/22/2019)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • ބ. ފެހެންދޫއިން ބ.ގޮއިދޫ އަށް ދަރިވަރުން ގެންދިއުމަށްޓަކާ އުޅަނދެއް ފަރުމާކޮށްދޭނޭ ފަރާތެއް ހޯދުމަށް މިނިސްޓްރީގެ ނަންބަރ (IUL)22-G/22/2019/156   އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  • މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 06 އޯގަސްޓް 2019 އިން 21 އޯގަސްޓް 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 25 އޯގަސްޓް 2019 އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

 

  • ބިޑް ހުޅުވުން އޮންނާނީ 29 އޯގަސްޓް ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައެވެ.

 

   ނޯޓް: މިޕްރޮޖެކްޓްގައި ނަންނޯޓް ކުރުމުގެ އިންތިޒާމް މިމިނިސްޓްރީގެ ރިސެޕްޝަންގައި ހަމަޖެހިފައިވާނެއެވެ.

  • މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓްސެކްޝަން
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ވެލާނާގެ 8 ވަނަ ފަންގިފިލާ (ރިސެޕްޝަން)
  • ފޯން:  3341136, 3341127
  • އީ-މެއިލް: [email protected]
  • ކޮޕީ އީ-މެއިލް: [email protected]
06 އޮގަސްޓް 2019
ހޯދާ