މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ނ. މަނަދޫ ސީއެމްބިއުލަންސް)

ކޮންޓްރެކްޓް އުޞޫލުން ނ.މަނަދޫގައި އޮންނަ ސީ އެމްބިއުލަންސްގައި މަސައްކަތް ކުރުމަށްޓަކައި، ފަޅުވެރި މަގާމަށް މީހަކު ބޭނުންވެއެވެ.

 

މަޤާމު:

ފަޅުވެރި

ބޭނުންވާ އަދަދު:

1 (އެކެއް)  ނ.މަނަދޫގައި އޮންނަ ސީ އެމްބިއުލަންސް

މުސާރަ:

(މަހަކު) -/4465 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/1500 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ 

ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު 1562.75 ރުފިޔާގެ އިތުރުން ޔުނީފޯމް އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. ( މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު 7627.75 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން  ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ

އާއި،ޝިފްޓް ޑިއުޓީ އެލަވަންސްއާއި، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އާއްމުކޮށް މަސައްކަތް ކުރަންޖޭތަން:

ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައި

ފެންވަރު ނުވަތަ ޝަރުތު:

 

  1. އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ކަނޑުމަތީ އުޅަނދުފަހަރުގައި މަދުވެގެން     2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުމާއި ގިނަ ވަގުތު ކަނޑުމަތީ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާގެމައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސީ އެމްބިއުލަންސްގެ ފަޅުވެރިއެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުމުގައި ޑްރައިވަރަށް އެހީތެރިވުން.

އިތުރު މަޢުލޫމާތު:

މި މަޤާމުތަކުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ،       2019 ޖުލައި 23 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ         ނ.އަތޮޅު އަތޮޅު ކައުންސިލް އިދާރާ އަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ގުޅޭނެ ފޯން ނަންބަރާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްވެސް ފޮނުއްވުން އެދެމެވެ.  މީގެ އިތުރުން ވަޒީފާ އަށް އެދި ހުށަހަޅުއްވާ ސިޓީތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3313724 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

14 ޖުލައި 2019
ހޯދާ